ޓެރަރިޒަމުގެ ތުހުމަތަކުގައި ހައްޔަރުކޮށް ދޫކޮށްލި މީހުން އަލުން ހައްޔަރުކުރުމަށް އަމުރުކޮށްފި

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އައްޑޫސިޓީން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ދޫކޮށްލި ފަސް މީހުން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ. އެމީހުން ހައްޔަރުކޮށް، ބަންދުކުރަން ހައިކޯޓުން އަމުރުކުރީ ފަސް މީހުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. ހައިކޯޓުން ހައްޔަރުކުރަން އަމުރުކޮށްފައިވަނީ، އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ، ގދ. މަޑަވެލި އާއި އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް، ސ. މީދޫ އާއި މަފްތޫހް ސައީދު، […]
ހަނިމާދޫ އެއާޕޯޓަށް ބިން އިތުރުކުރުމާ ދެކޮޅަށް ރަށުގެ ރަށްޔިތުން ނުކުމެއްޖެ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ރަށުގެ ރައްޔިތުން ސޮއިކުރަން ފަށައިފިއެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ އެ ނިންމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެ ރަށު […]
މޮރޮކޯގެ ސަފީރުކަމަށް ޑރ. އާސިމް އައްޔަނުކުރުމަށް މަޖިލީހަށް ހުށައަޅައިފި

މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އަހްމަދު އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ހުށައަޅުއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޑރ.އާސިމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސްމެއެވެ. އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް […]
ކަނޑައިގެން ގޮސްފައިވާ ދެ ކަނދުފައްޗެއް ހަރުކޮށްފި

ކަނޑައިގެން ގޮސްފައިވާ ދެ އޮއިވާލި ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީން އަލުން ހަރުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑައިގެން ދިއުމުގެ ސަބަބުން އަލުން ހަރުކުރީ ކ.ދިއްފުށި ކަނދުފައްޗާއި، ށ. ފުނަދޫ ކަނދުފައްޗެވެ. ދިއްފުށި ކަނދުފައްޗަކީ ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި އަޅާފައިވާ ކަނދުފައްޗެކެވެ. އަދި ފުނަދޫ ކަނދުފައްޗަކީ ފުނަދޫ އިރުން 11.5 މޭލު ބޭރު ގައި އަޅާފައިވާ ކަނދުފައްޗެއްކަމަށް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިޝަރީޒް މިނިސްޓްރީން ވަނީ 55 ކަނދުފަތި އަޅާފައެވެ. އެކި […]
ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފި

ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ އަންހެން ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރަށް ޖިންސީ ގޯނާކުރި ކަމަށް ބެލެވޭ ޓީޗަރު ބުރާސްފަތި ދުވަހުގެ ރޭ ސަސްޕެންޑް ކޮށްފައިވާ ކަމަށާ އެކަން ލިޔުމުން އަންގާފައިވާނެ ކަމަށެވެ. ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. ފުލުހުން ބުނީ މެދު އުތުރު ޕްރޮވިންސް (ނ، ފ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން […]
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދައުލަތުން އެކިގޮތްގޮތަށް އަނިޔާލިބިފައިތި ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް މި ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ އޮފީހުން ބުނީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލުމާއި ބަދަލު ނަގައިދިނުމަށް އެދޭ ފޯމު މިއަދުން ފެށިގެން އެ އޮފީހުން ލިބޭނެކަމަށެވެ. އެ އޮފީހަށް 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް […]
ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެކަމަނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ގޭގައި ދިރިއުޅޭ އެހެން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާވެސް ކޮވިޑަށް ޓެސްޓް ކުރެއްވުމުންނެވެ. އުމުރުންފުޅުން 70 އަހަރުގެ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އެކަމަނާގެ ހާލުކޮޅު ރަނގަޅެވެ. އަދި އެކަމަނާ ހުންނެވީ ގެކޮޅުގައެވެ. އެނިގފައިވާ ގޮތުގައި ރައީސް މައުމޫންވެސް ކޮވިޑަށް ޓެސްޓް ކުރެއްވިއެވެ.ނަމަވެސް އެމަނިކުފާނުގެ ނަތީޖާ ނެގެޓިވްއެވެ. ރައީސް މައުމޫނާއި ނަސްރީނާ […]
ގެއެއްގައި ހުރި ދެ ސައިކަލެއްގައި ރޯވެ އަންދައި ހުލިވެއްޖެ

ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ބަހައްޓާފައިހުރި ދެ ސައިކަލެއްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ. ހުކުރު ވިލޭރޭ ދޭއް ޖަހާ އެހާއްކަށްހާއިރު ހިނގި މިހާދިސާގައި އެގޭގައި ހުރި ދެ ސައިކަލުގެ އިތުރުން ބެޓަރި ބައިސްކަލެއް ވެސް ވަނީ އަނަދައި ހުލިވެފައެވެ. ސައިކަލްތައް ބަހައްޓާފައި ހުރީ ގެޔާއި އިންވެގެން ވަކިން ހަދާފައިހުރި ފެންޑާއެއްގައި އެވެ. މި ހާދިސާގައި ސައިކަލްތައް ބަހައްޓާފައިހުރި ފެންޑާ އަނދައި ހުލިވެގައިވާއިރު އެގެޔަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށް ގެއްލުންވެފައެވެ. މައުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގިއިރު […]
އެޗްއީއޯސީގެ ވޮލަންޓިއަރަކަށް ޖިންސީގޯނާ ކުރި މައްސަލައެއް

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށައެޅިފައިވާ ކަމަށާ މައްސަލައިގެ ތަހުގީގު މިހާރު ފަށައިފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ އެ އަންހެން މުވައްޒަފަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ. […]
ގިނަ ބަޔަކު އެއްވެ ކުޅިވަރުގެ ހަރަކާތް ބެލުމުގެ ފުރުސަތު ނުދޭނަން : ފުލުހުން

ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބެމުން ދާކަމަށާ މި ފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އެ އިޝާރާތް ކުރަނީ ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ މެޗްތައް މިރޭ ފެށޭއިރު މި މުބާރާތުގެ މެޗުތައް ބަލުމަށް ގިނަ ބަޔަކު އެއްވެގެން ރާވަމުންދާތީ އެކަމާއެވެ. ފުލުހުން މިރޭ ބުނީ ކޮވިޑް- 19 ފެތުރުން […]