ޝާހިދު ރާއްޖެ ވަޑައިގެންފި

އދ. އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ. ނިއުޔޯކުގައި ހުންނެވުމަށްފަހު ފޮރިން މިނިސްޓަރު އެބުރި ރާއްޖެ ވަޑައިގެންނެވި ކަން ހާމަކޮށް ފޮރިން މިނިސްޓްރީން ވަނީ ޓްވީޓް ކުރައްވާފައެވެ. ޝާހިދު ރާއްޖެ ވަޑައިގެންނެވީ ދެ މަހެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަށް ފަހުއެވެ. ޝާހިދު ވަނީ އދ. ގެ 76 ހަ ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންފައެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު އދ. […]
ފަރެސްމާތޮޑާ އެއާޕޯޓްގެ ފަޔާ ބިލްޑިން އިމާރާތްކުރުމަށް ފަށައިފި

ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގައި ގާއިމްކުރާ ފަޔާ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަރ ބިލްޑިންގް ހެދުމުގެ މަސައްކަތް ފަށަފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޓާރމިނަލް ގްރައުންޑް ލެވެލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. މި އެއާޕޯޓު ހަދަން 144 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 އެއްގައެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ދޮޅު […]
ބީއެމްއެލްގެ މޮބައިލް އެޕަށް ބޮޑު ބަދަލުތަކެއް

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ބޭންކްގެ މޮބައިލް ބޭންކިން އެޕްލިކޭޝަން (މޮބައިލް އެޕް) އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ހިދުމަތްތަކަކާއެކު ތައާރަފުކޮށްފި އެވެ. ބީއެމްއެލް އިން ބުނީ މިއީ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ކަސްޓަމަރުންނަސް ފޯރުކޮށްދިނުމުގެ ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއްކަމަށެވެ. ބޭންކުން ބުނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާސްތައް […]
ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ރައީސް އޮފިހަށް ފޮނުވައިފި

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެގާނޫނުގެ މަގްސަދުތަކާ ތަޢާރުޒުވާ ހަ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލްތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. އިސްލާހު ގެނައުމަށް އެކުލަވާލާފައިވާ ބިލުތައް ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު […]
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި ހާއްސަ ލޯނު ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސަރުކާރުން އިއުލާންކޮށްފައިވާ އައު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މި ލޯނުދޫކުރަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ލޯނު ދޫކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހީނަރުކަމަށް ހައްލެއް ގެނައުމަށް އެހީތެރިވުންކަމަށްސަރުކާރުންބުނެއެވެ. ”މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، […]
ލޯންޗްތަކެއްގައި ރޯވެ މީހަކު ފިހިއްޖެ

މާލޭ ދެކުނު ފަރާތު ބަނދަރުގައި ލޯންޗްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މީހަކު ފިހި ލޯންޗެއް ހަނދައި ހުލިވެއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހައެއް ޖަހާއެހާއްކަށްހާއިރު ހިނގި މި ހާދިސާގައި ފިހުނީ ބިދޭސީ އެއް ކަމަށާ، އޭނައަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށެވެ. އަދި މި އަލިފާނުގެ ހާދިސާގައި ހަ ލޯންޗަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މޭރީބްރައުން ކުރިމަތީގައި ހިނގި މި ހާދިސާގައި ފިހުނު ބިދޭސީ މީހާ އަކީ ރޯވި […]
މާލެސިޓީގެ ގެ އެއްގެ ތިންވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ

މާލެ ސިޓީގެ ގެއެއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ އެވެ. ފުލުހުން ބުނީ ހެންވޭރު ގެ އެއްގެ ތިންވަނަ ބުރިން ވެއްޓުނު އަންހެނަކު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި އަންހެން މީހާ ވެއްޓި ޖެހުނީ ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަށްޗަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 12:39 އެއްގަ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ […]
ނަޝީދަށް ދިން ހަމަލާގެ ކުރިން ފުލުހުން ކަޑުމަތިން ހިފެހެއްޓި ލޯންޗެއްގައި ހަމަލާގެ ބައިވެރިން ތިބި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ހަމަލާގެ ބައެއް ބައިވެރިން ކަނޑުމަތިން ހުއްޓުވި ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ ހަމަލާގެ އިސް މީހާ ކަމަށްވާ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު ރަޝީދާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހްމީން އަހްމަދު މެއި އެއްވަނަ ދުވަހު ދޫނިދޫ ފަޅުތެރޭގައި ލޯންޗެއްގައި ތިބި ކަމަށާއި އެމީހުން ފުލުހުންނާއި މުއާމަލާތް ކުރި ކަމަށް […]
އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރުގެ ފަރާތްތަކަށް ނުލިބޭނެހެން ޕޮލިސީ އަށް އިސްލާހު ގެނެސްފި

އެއާޕޯޓްތަކުގެ އެއާޓްރެފިކް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރު ކުންފުނި ތަކަށް ނުލިބޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް އިސްލާހުގެނެސްފިއެވެ. އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ބިދޭސީ ކުންފުނިތަކަށް ނުލިބޭނެ ގޮތަށް އިސްލާހު ގެނެސް މި ޕޮލިސީ ރޭ ވަނީ ގެޒެޓްކޮށްފައެވެ. ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ބަދަލު ގެނެސް އިކޮނޮމިކް މިނިސްޓްރީން އާދީއްތަ ދުވަހު ގެޒެޓްކުރި އުސޫލުގައި ވާ ގޮތުން އެއާޕޯޓް އެންޑް އެއާ ޓްރެފިކް ކޮންޓްރޯލް ގެ މަސައްކަތް ވެސް […]
ގަމުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 26 ރަބަރު ޕެކެޓު ފެނިފައި ވުމުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމަށްފަހު އޭނާ ހައްޔަރުކުރީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން […]