ފަރެސްމާތޮޑާ އެއާޕޯޓްގެ ފަޔާ ބިލްޑިން އިމާރާތްކުރުމަށް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ގދ. ފަރެސްމާތޮޑާ އެއަރޕޯޓްގައި ގާއިމްކުރާ ފަޔާ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަރ ބިލްޑިންގް ހެދުމުގެ މަސައްކަތް ފަށަފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޓާރމިނަލް ގްރައުންޑް ލެވެލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

މި އެއާޕޯޓު ހަދަން  144 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 އެއްގައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ދޮޅު އަހަރުން ނިންމަން 144،833،139ރ. ހޭދަކުރާން ހަމަޖެހިފައިވާކަމަށް އެމްޓީސީން ބުނެއެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓު ޕްރޮޖެކްޓްގައި  ހިއްކާފައިވާ ބިމުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއާ ހަވާލުކުރި މަސައްކަތުގައި އެއާޕޯޓުގެ ޓާމިނަލް ބިލްޑިން އެޅުން ވެސް ހިމެނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހަދަން ބިން ހިއްކާފައިވަނީ އެ ރަށާޖެހިގެން އޮތް ފަސް ފަޅުރަށެއް އެއްކޮށްލައިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް