ޝާހިދު ރާއްޖެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

 

އދ. އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

ނިއުޔޯކުގައި ހުންނެވުމަށްފަހު ފޮރިން މިނިސްޓަރު އެބުރި ރާއްޖެ ވަޑައިގެންނެވި ކަން ހާމަކޮށް ފޮރިން މިނިސްޓްރީން ވަނީ ޓްވީޓް ކުރައްވާފައެވެ.

ޝާހިދު ރާއްޖެ ވަޑައިގެންނެވީ ދެ މަހެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަށް ފަހުއެވެ.

ޝާހިދު ވަނީ އދ. ގެ 76 ހަ ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންފައެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު އދ. އާއްމު މަޖިލީހުގެ އިންތިހާބަށް ވަޑައިގެން  މިނިސްޓަރު އެމެރިކާގައި މަޑުކުރެއްވީ ކޮވިޑް-19ގެ ސަބަބުން އިންތިހާބު އޮންނަ ދުވަހު އެކޮޅަށް އަނބުރާ ވަޑައިގަންނަވަން ހުރަސް އެޅި ދާނެތީ ކަމަށް އޭރު ފޮރިން މިނިސްޓްރީން ބުނެފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އެ މަގާމަށް ދިވެއްސަކު އިންތިހާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި އާއްމު މަޖިލީހުގެ އާ ދައުރާއެކު ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާއިރު، ގިނަ ވަގުތު އޭނާ އެމެރިކާގައި ހުންނަވަން ޖެހިވަޑައިގަންނަވާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ދިގު ދެމިގެންދާ ދައުރުގައި ގިނަ ޒިންމާތަކެއް އަދާކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވައިފަ އެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް