ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފި

  އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް  ކަރެކްޝަނަލް ސާވިސްއިސްއިން އެތަކެތި އަތުލައިގަނެފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ޖަލުގެ އޮފިސަރުން ހޯދާފައިވާކަމަށެވެ. މިތަކެތި މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަހުމަދު މުހައްމަދު ވިދާޅުވީ އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ބަޔަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ […]

އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 އިންސައްތައިގެން މީހުންނަށް ވެކްސިންޖަހާ ނިންމުން: ރައީސް

  އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 އިންސައްތައިގެ މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާ ނިންމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ނިންމަވާފައިވާކަމަށާ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް އެންމެންނަށް ވެކްސިން ޖަހާ ނިންމުންކަމަށެވެ. ”ސަރުކާރުގެ އެންމެ ފުރަތަމަ […]

ދީނުގެ ނަމުގައި ލޭ ހުއްދަކުރުމުގެ ފިކުރު އާންމުކުރާ މީހުންނާ ދެކޮޅަށް ތެދުވާންޖެހޭ: ރައީސް

އިސްލާމް ދީނުގެ ނަމުގައި ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކޮށް މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމުގެ ފިކުރު ފަތުރައި އާއްމުކުރުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށާ އެކަމާ ދެކޮޅަށް އެންމެން ތެދުވަންޖެހޭ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމުގެ […]

މި ސަރުކާރު ދެމިއޮތްހާ ހިންދަކު މިނިވަންކަން ދެމިއޮންނާނެ: އިމްރާން

މި ސަރުކާރު ދެމިއޮތްހާ ހިނދަކު ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައ ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، މިނިވަންކަމަކީ ވަރަށް އަންނަން އޮތްޖީލުތަކަށް ރައްދުކުރަން ޖެހޭ ބޮޑު އަމާނާތެއްކަމަށާ މިނިވަންކަމަށް ބުރޫއަރާ ކަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. “ އާދެ މި ސަރުކާރު ދެމިއޮތްހާ ހިނދަކު މާތްﷲގެ […]

އެމްއެންޕީގެ ވަގުތީ ލޯގޯ އާންމުކޮށްފި

  މޯލްޑިވްސް ނެޝަނަލް ޕާޓީ ( އެމްއެންޕީ)ގެ ވަގުތީ ލޯގޯ އާންމުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ  މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް  އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ  ޕާޓީގެ ވަގުތީ ލޯގޯއަކީ ޕާޓީގެ މަސައްކަތް ފެށުމުގެ ގޮތުން ބޭނުންކުރާ ލޯގޯ އެއް ކަމަށް އެޕާޓީން ބުނެއެވެ. މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ނާޒިމް އަމިއްލަ ސިޔާސީ ޕާޓީއަކާ ދިމާއަށް މިސްރާބު ޖައްސަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާ އެކު އެވެ. އޭގެ […]

އަނެއްކާވެސް ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލިއަރައި ފްލައިޓްތަކަށް ނުޖެއްސުނު

  މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަނެއްކާވެސް ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލިއަރައި މިއަދު އެ އެއާޕޯޓަށް ޖައްސަން ހަމަޖެއްސި ފްލައިޓްތައް ލަސްކޮށްފިއެވެ. އެއާޕޯޓުގެ ރަންވޭއަށް ވެލިތައް އެރީ މާބޮޑަށް ވައިގަދަވުމާ ގުޅިގެން ކަމަށް ވެއެވެ. މައުލޫމާތު ލިބޭގޮތުގައި ރަންވޭ މައްޗަށް އަރާފައިވާ ވެލިތައް މިހާރު ސާފު ކުރަމުންދާއިރުވެސް ވައިގަދަވުމާއި އެކު ވެލިތަށް ވަރަށް ފަސޭހައި އަރައެވެ. މޭމަހުވެސް މި އެއާޕޯޓަށް ފްލައިޓްޖެއްސުން ހުއްޓާލައި ބަންދުކުރިއެވެ. އެފަހަރުވެސް ގަދަ ވަޔާއި ވިއްސާރައިގައި އެއާޕޯޓަށް އުދަ އަރައި، […]

ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރީ އައްޑޫސިޓީން

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލަދޭން އިރުޝާދު ދީ އެކަމަށް ވިސްނައި ދިނުމުގައި އިސްކޮށް ހުރި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާ މިއަދު ހައްޔަރުކުރީ އައްޑޫސިޓީންކަމަށް ފުލުހުން ބުނެފިއެވެ. ރައީސް ނަޝީދަށް ދިން ބޮ،ުމުގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މުހައްމަދު ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް މިވަގުތު ހައްޔަރުކޮށްފައިވާ މީހުންނަށް […]

ފުލުހުން ސައިކަލެއް ޓޯ ކުރުމުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާ ވެއްޖެ

  ނ. ވެލިދޫގައި ފުލުހުން ސައިކަލެއް ޓޯ ކުރުމުގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ ކަމަށް އެކުއްޖާގެ އާއިލާ އިން ބުނެފިއެވެ. އެކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ޓޯކުރުމުގެ ތެރޭގައި އޭނާގެ ހަ އަހަރުގެ ދަރިފުޅަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ ދަރިފުޅު ގޮވައިގެން އީދު ކުޅިވަރު ބަލަން ނުކުތް ގަޑީގައި ފުލުހުން ޖިޕްގައި ބާރު ސްޕީޑްގައި އައިސް ސައިކަލް ކައިރިއަށް މަޑުކޮށް ސައިކަލަށް ފުލުހަކު އެރި ކަމަށާ، އެވަގުތު […]

ކޮވިޑަށް ޕޮޒިޓިވްވެފައިހުރި މީހަކު އީދުނަމާދަށް ދިއުމާ ގުޅިގެން ނަމާދަށްދިޔަ މީހުން ކޮވިޑަށް ޓެސްޓުކުރަން ފަށައިފި

  ގދ. ތިނަދޫ މަސްޖިދު މަރިޔަމްގައި އީދު ނަމާދުގެ ޖަމާއަތް ކުރިއަށް ދަނިކޮށް އެ ޖަމާއަތަށް ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީން ކޮށްފައި އަންހެނަކު ދިއުމާއި ގުޅިގެން އެ މިސްކިތަށް ދިޔަ މީހުން ކޮވިޑަށް ޓެސްޓުކުރަން ފަށައިފިއެވެ. އީދު ނަމާދުގެ ހުތުބާ ކިޔަމުން ދަނިކޮށް ކޮވިޑަށް ޕޮޒިޓިވް އެ އަންހެން މީހާ މިސްކިތަށް ވަދެފައިވަނީ ކުޑަ އަންހެން ކުއްޖަކު ގޮވައިގެންނެވެ. މި އަންހެން މީހާ މިސްކިތަށް ވަދެ އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާންފަށާފައެވެ. މި […]

ރައީސްގެ ދެ ކަންބަލުން ރާއްޖެ ވަޑައިގެންފި

  ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު 8:12 ގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އީދު ބަންދާ ދިމާކޮށް ރައީސް ސާލިހުގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުފައި އެގައުމުގެ ރައީސް ގޮތާބަޔާ […]