އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ކަރެކްޝަނަލް ސާވިސްއިސްއިން އެތަކެތި އަތުލައިގަނެފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ޖަލުގެ އޮފިސަރުން ހޯދާފައިވާކަމަށެވެ.
މިތަކެތި މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ބަޔަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި އެޖަލުގެ އޮފިސަރުން ވަނީ ހޯދާފައި. މިތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި. 1/2 pic.twitter.com/ooWiUosgYg
— Ahmed Mohamed (@ahumadhumohamed) July 28, 2021
ރާއްޖޭގެ ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތެއްޗާއި ގައިދީން ބޭނުންވާ އެހެނިހެން ސާމާނު ވެއްދުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ.
މިތަކެތި އަތުލައިގަތުމަށް ހާއްސަ އޮޕަރޭޝަންތަކެއް ދޭތެރެއަކުން ހިންގި ނަމަވެސް ޖަލުތަކަށް ގައިދީން ބޭނުންވާ ސާމާނުވެއްދުން ހުއްޓުވުމުގައި ކަރެންޝަނަލް ސާވިސް ވަނީ ނުކުޅެދިފައެވެ.