އެމްއެންޕީގެ ވަގުތީ ލޯގޯ އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

މޯލްޑިވްސް ނެޝަނަލް ޕާޓީ ( އެމްއެންޕީ)ގެ ވަގުތީ ލޯގޯ އާންމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ  މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް  އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ  ޕާޓީގެ ވަގުތީ ލޯގޯއަކީ ޕާޓީގެ މަސައްކަތް ފެށުމުގެ ގޮތުން ބޭނުންކުރާ ލޯގޯ އެއް ކަމަށް އެޕާޓީން ބުނެއެވެ.

މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ނާޒިމް އަމިއްލަ ސިޔާސީ ޕާޓީއަކާ ދިމާއަށް މިސްރާބު ޖައްސަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާ އެކު އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ނާޒިމާ އެންމެ ގާތް އެއް މެމްބަރު ކިނބިދޫ ދާއިރާގެ އަބްދުއްﷲ ރިޔާޒެވެ. ނާޒިމާއި ރިޔާޒްގެ އިތުރުން ދެން ތިއްބެވީ މަޖިލީހުގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ތިން ބޭފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް