ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރީ އައްޑޫސިޓީން

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލަދޭން އިރުޝާދު ދީ އެކަމަށް ވިސްނައި ދިނުމުގައި އިސްކޮށް ހުރި މީހާ ކަމަށް ތުހުމަތު ކުރެވޭ މީހާ މިއަދު ހައްޔަރުކުރީ އައްޑޫސިޓީންކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ބޮ،ުމުގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މުހައްމަދު ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް މިވަގުތު ހައްޔަރުކޮށްފައިވާ މީހުންނަށް ވިސްނައިދީ ނަސޭހަތްދިން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު އެންމެ އިސް އެކަކު އައްޑޫސިޓީން  ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމަލާގެ ތުހުމަތުގައި އައްޑޫން ހައްޔަރުކުރީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ތަސްނީމަކީ 2017 ގައި މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރަނިކޮށް، އެ އަހަރުގެ އޭޕްރީލް 24 ގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އެކަމަކު އޭނާގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައި ވަނިކޮށް، 2018 ވަނައަހަރުގެ އޮކްޓޫބަރު ހަތަރެއްގައި އޭނާ ބަންދުން ދޫކޮށްފައިވާކަމަށެވެ

”ދޫކޮށްލި މައްސަލައިގަ އިސްތިއުނާފް ކުރެވުނުނަމަވެސް ހައެއް މޭގެ ހަމަލާއާ ގުޅިގެން ހިންގުނު އޮޕަރޭޝަނުގައި އަލުން ހައްޔަރުކުރުމާ ގުޅިގެން އިސްތިއުނާފް ނުނިމި ދެއަހަރަށްވުރެ ގިނަ ދުވަސް ވެފަވާތީ އެ މައްސަލަ އަބުރާ ވަނީ ގެނެވިފަ،“ ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން މާކުރިއްސުރެ ސިޔައީ ރާވަމުންނެވެ. ”ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި، މި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން އެ ފަރާތްތައް ގަބޫލުކުރާ ކުރުންތަކުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގައިލަން ނިންމައި، އެކަމުގެ ރޭވުންތަކާއި ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވޭ،“ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވިއެވެ.

ތަސްލީމްގެ އިތުރުންވެސް ހައްޔަރުކޮށްފައިވާ އިތުރު ބަޔަކު ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް