މި ސަރުކާރު ދެމިއޮތްހާ ހިންދަކު މިނިވަންކަން ދެމިއޮންނާނެ: އިމްރާން

Loading

Facebook
Twitter
WhatsApp

މި ސަރުކާރު ދެމިއޮތްހާ ހިނދަކު ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައ ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، މިނިވަންކަމަކީ ވަރަށް އަންނަން އޮތްޖީލުތަކަށް ރައްދުކުރަން ޖެހޭ ބޮޑު އަމާނާތެއްކަމަށާ މިނިވަންކަމަށް ބުރޫއަރާ ކަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

“ އާދެ މި ސަރުކާރު ދެމިއޮތްހާ ހިނދަކު މާތްﷲގެ ރަޙްމަތާއެކުގައި މިއިން އެއްވެސް ކަމަކަށް ބުރުއަރާކަށް ފުރުސަތެއް ނުދޭނެ. އާދެ މި މަސައްކަތުގައި ބޭރުގެ ފަރާތަކުންވިއަސް އަދި އެތެރޭގެ ބާރުތަކުންވިއަސް މިކަމަށް ބުރޫއަރާގޮތަށް ކުރެވޭ ކޮންމެ މަސައްކަތެއް މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުވާނަން“

މިނިސްޓަރު ވިދާޅުވީ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ހައްގގޮތުގައި ވާސީލއުކޮށްދިނުމަށް އަދާކުރަންޖެހޭ ފުރިހަމަ ޒިންމާއާއ މަސްއޫލިއްޔަތު އަދާކުރުމަކީ މިޖީލުގެ އެންމެ ބޮޑު އެއް ޒިންމާކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތުގެ އަސާސަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި ރީތި ދިވެހި އާދަތަކާއި އަހުލާގާއި ސަގާފަތްކަމަށާއި، މިނިވަންކަން ހިމާޔަތްކުރެވޭނީ އެ އަސާސްތައް ހިމާޔަތްކޮށްގެންކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް