ފުލުހުން ސައިކަލެއް ޓޯ ކުރުމުގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާ ވެއްޖެ

Loading

Facebook
Twitter
WhatsApp

 

ނ. ވެލިދޫގައި ފުލުހުން ސައިކަލެއް ޓޯ ކުރުމުގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ ކަމަށް އެކުއްޖާގެ އާއިލާ އިން ބުނެފިއެވެ.

އެކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ޓޯކުރުމުގެ ތެރޭގައި އޭނާގެ ހަ އަހަރުގެ ދަރިފުޅަށް އަނިޔާ ލިބިފައިވާ ކަމަށެވެ.

އޭނާ ބުނީ ދަރިފުޅު ގޮވައިގެން އީދު ކުޅިވަރު ބަލަން ނުކުތް ގަޑީގައި ފުލުހުން ޖިޕްގައި ބާރު ސްޕީޑްގައި އައިސް ސައިކަލް ކައިރިއަށް މަޑުކޮށް ސައިކަލަށް ފުލުހަކު އެރި ކަމަށާ، އެވަގުތު ދަރިފުޅު ރޮމުން ގެންދިޔަ ކަމަށެވެ.

އަދި ކުއްޖާ މަސަލަސް ކޮށްލާނެ ވަގުތެއް ވެސް ފުލުހުން ދީފާއި ނުވާ ކަމަށާއި، ފުލުސް މީހާ ސައިކަލަށް އަރައި ކުއްލިއަކަށް ދުއްވާލި ވަގުތު އެ ކުއްޖާގެ މޫނުގައި ސައިކަލުން ޖެހި އަނިޔާ ވެފައިވާކަމަށް ވެސް އެކުއްޖާގެ ބައްޕަ ބުނެއެވެ.

އެ ކުއްޖާގެ އާއިލާއިން ވަނީ އެ ކުއްޖާގެ ގައިގައި ޒަހަމްތަކެއް ހުރި ފޮޓޯ ތަކެއް ސޯޝަލް މީޑިޔާގައި އާންމުކޮށްފައެވެ.

ކުއްޖާގެ ބައްޕަ ބުނެފައިވާގޮތުން، އެ ކުއްޖާ އަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ތަކެއް ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭތީ، މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށްވެސް ވަނީ ގެނެސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ސައިކަލު ޓޯ ކުރަން ޖެހުނީ އެކުއްޖާގެ  މަންމަ އާއި ބައްޕަގެ އިތުރުން ކުއްޖާ އަރުވައިގެން ސައިކަލު ދުއްވުމުންނެވެ.

އެކުއްޖާގެ ބައްޕަ ބުނީ އެރަށުގައި ތިން މީހުން އަރައިގެން ސައިކަލު ދުއްވުމަކީ އާންމުކަމެއް ކަމަށާ، ނަމަވެސް ފުލހުން އެކަމާ ފިޔަވަޅު ނާޅާކަމަށެވެ.

ނަމަވެސް އޭނަ ވެސް އެގޮތަށް ތިން މީހުން އެއްސައިކަލެއްގައި ދުއްވުމުން ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް ހަރުކަށިކޮށް ކަމަށް އެމީހާ ތުހުމަތުކުރެއެވެ.

އެ ކުއްޖާގެ ބައްޕަ އާ ހަވާލާދީ އޮންލައިން ނޫހަކުން ބުނެފައިވަނީ ސައިކަލް ޓޯ ކުރުމުން މައްސަލައެއް ނޫންކަމަށާ ނަމަވެސް މައްސަލައަކަށްވީ ކުޑަކުއްޖާއަށް އަނިޔާވާ ގޮތަށް އެކަން ކުރުމުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

Loading

2 Responses

  1. ރަޙުމްކުރުމެއް ކުލުނެއް ހުރި ބައެއްނޫން. ނިކަމެތި މިސްކީނުންގެ މުދާގަނޑުގެ ޙުރުމަތް ކަނޑައިލާއިރު, ކުޑަކުދިންނަށްވެސް އޯގާތެރިކަމެއް ނެތުމަކީ, ދެރަކަމެއް.

    ސިފައިންނާއި ފުލުހުންނަށް, ރަޙުމްކުރަން ދަސްކޮށްދޭ ޕްރޮގުރާމް ހިންގަން ފެނޭ.
    މީސްތަކުންނަށް ރަޙުމް ނުކުރާބަޔަކާާާާާާާާާާާާއިމެދުގައި ބޮޑު ދުވަހު ރަޙުމްކުރެވޭނެބާ!

  2. 10 އަހަރުނުވާ ކުޑަކުދިން ގޮވައިގެން ބެލެނިވެރިޔާއަށް ޓްރިޕަލްޝީޓް ކުރުން ހުއްދަކުުުުުުުުުުރަންޖެހޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް