އަނެއްކާވެސް ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލިއަރައި ފްލައިޓްތަކަށް ނުޖެއްސުނު

128

 

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަނެއްކާވެސް ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލިއަރައި މިއަދު އެ އެއާޕޯޓަށް ޖައްސަން ހަމަޖެއްސި ފްލައިޓްތައް ލަސްކޮށްފިއެވެ.

އެއާޕޯޓުގެ ރަންވޭއަށް ވެލިތައް އެރީ މާބޮޑަށް ވައިގަދަވުމާ ގުޅިގެން ކަމަށް ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ރަންވޭ މައްޗަށް އަރާފައިވާ ވެލިތައް މިހާރު ސާފު ކުރަމުންދާއިރުވެސް ވައިގަދަވުމާއި އެކު ވެލިތަށް ވަރަށް ފަސޭހައި އަރައެވެ.

މޭމަހުވެސް މި އެއާޕޯޓަށް ފްލައިޓްޖެއްސުން ހުއްޓާލައި ބަންދުކުރިއެވެ. އެފަހަރުވެސް ގަދަ ވަޔާއި ވިއްސާރައިގައި އެއާޕޯޓަށް އުދަ އަރައި، ޓާމިނަލް އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބި، ހައިވޭއަށާއި ރަންވޭއަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ.

އުދަ އެރުމުގެ ސަބަބުން އެއާޕޯޓުގެ ހައިވޭ އަދި ރަންވޭއަށް ވެއްޔާއި ގާ އަރައި، ލިބުނު ގެއްލުން އެސެސްކޮށް، މަރާމާތުގެ މަސައްކަތް ނިންމުމަށްފަހު ހުޅުވީ މިދިޔަ މަހުއެވެ.

ރާއްޖޭގެ އެހެނިހެން އެއާޕޯޓްތަކާ ހިލާފަށް ވިއްސާރައިގައި ހޯރަފުށީ އެއާޕޯޓަށް ފަސޭހައިން ގެއްލުންވާއިރު އެ އެއާޕޯޓު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާފައިވަނީ އިންޝުއާވެސް ނުކޮށެވެ.

އަވަސް އަރުވާލައިގެން ހެދި ހޯރަފުށި އެއާޕޯޓު ތަރައްގީ ކުރުމަށް ޖުމްލަ 211 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

އެ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. މި އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފައިވާއިރު، މި އެއާޕޯޓު ތަރައްގީކުރުމުގައި ތިމާވެށީގެ ގޮތުން ބޮޑެތި ގޯސްތަކެއް ވަނީ ހަދައިފަ އެވެ.

2 ހިޔާލުތައް

    • މަހިތަށް އަރަނީ ތިޔަ އެއަރޕޯޓެއް ހެދި އިރު އެއްވެސް ސަރވޭއެއް ނުކުރަނީ ބާވައޭ. ފަޅު ހިއްކާފަ އޮތްތަނެއް އުދަ އަރަން ފެށީމަ ވާނީ ކިހިނެއްތޯ. ތިތަ އޮތީވާ އެއަރޕޯޓެއް ހަދާދެވިފަ. އުދަ އަރަން ފަށައިފިނަމަ ރާޅާ ވެލިއަރާ ވައިގަދަވެއްޖެ ނަމަ ހިރަފުސްބުރާ

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ