މަކަރާއި ހީލަތުން 60 ހާހަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން 60 ހާހަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ފުލުން ހޯދަމުން ދަނީ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު،36، އެވެ. ފުލުހުން ބުނީ އޭނާ އަކީ ޖޫން ފަސް ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186/68 ރުފިޔާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށާ، އޭނާ ހާޒިރު ކުރަނީ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ. […]
ވިލިނގިލިން 800 ޓަނަށް ވުރެ ގިނަ ކުނި ބޭރުކޮށްފި

ގއ.ވިލިނގިލީގައި ޖަމާކޮށްފައިހުރި 800 ޓަނަށްވުރެ ގިނަ ކުނި އެރަށުން ބޭރުކޮށްފިއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ( ވެމްކޯ) އިން ބުނީ ވިލިނގިލީގައި ހުރި 800ޓަނަށްވުރެ ގިނަ ކުނި ރަށުން ބޭރުކޮށް އެސަރަހައްދު ސާފުކޮށްފައިވާ ކަމަށާ މިމަސައްކަތް ވެމްކޯގެ ޓީމުން ނިންމާލާފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައިކަމަށެވެ. ރަށްރަށުގައި އެތައް ދުވަހެއްވަންދެން ޖަމާވެފައި ހުރި ކުނި އެރަށްތަކުން ބޭރުކުރުމަށް ބޭރުކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ހުންނަނީ ވެމްކޯ އާއެވެ. ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ކުނި ފުނިތައް […]
ކަރަންޓް ބިލު އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ބަލަންފަށައިފި

މި މަހުގެ ކަރަންޓް ބިލުތައް އާދަޔާއި ހިލާފަށް ބޮޑުވުމުން އެކަމުގެ ޝަކުވާ ބޮޑުވުމުން އެ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ނިންމައިފިއެވެ. ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާތަކާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ސްޓެލްކޯއިން ފޮނުވި ޖުލައިމަހުގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރަސްމީކޮށް އެ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން މިހާތަނަށް ހުށައަޅާފައި ނުވިނަމަވެސް އެ މައްސަލަ […]
ނަޑެއްލާއަށް ފޮނުވި ބާ އެމްބިއުލާންސް ހަފްތާއަކަށް ވެސް ބޭނުމެއްނުކުރެވުނު

ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގައި އެމްބިއުލާންސް އެއްނެތި ދެ އަހަރަށްވުރެ ގިނަ ދުވަސްވުމަށްފަހު، އެ މަރުކަޒަށް ގެންދިޔަ ބާ އެމްބިއުލާންސް ހަފްތާއެއް ނުވަނީސް ހަލާކުވެއްޖެ އެވެ. ނަޑެއްލާގައި ކުރިން ގެންގުޅުނު އެމްބިއުލާސް ހަލާކުވެފައި އޮންނަތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މިދިޔަ އާދީއްތައިގައި އެރަށަށް ގެންދިޔަ އެމްބިއުލާންސް އޭގެ ތިންދުވަފަހުން މިދިޔަ ބުރާސްފަތި ދުވަހު ނުދުއްވުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެމްބިއުލާންސް ދުއްވަން އުޅުމުން އެ ސްޓާޓެއް ނުކުރެވުނެއެވެ. ސަރުކާރުން ދިން […]
ތިން ދާއިރާއެއްގެ ބައިއިލެކްޝަން ސެޕްޓެމްބަރު 11 ގައި ބާއްވަނީ

ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މި ބައި އިލެކްޝަން ތަކަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އިންތިހުބު ނުކުރެވޭ އެއް ދާއިރާއާއި، އިންތިހާބުވި ފަހުން މަގާމުން އިސްތިއުފާދެއްވި ދެ ދާއިރާއެއްގެ ބައި އިލެކްޝަނެވެ. އެއީ ހދ. ނޭކުރެންދޫއާއި، ނ. ކެނދިކުޅުދޫގެ އިތުރުން ރ. މަޑުއްވަރީގައެވެ. މިތިންދާއިރާގެ ތެރެއިން ހދ.ނޭކުރެންދޫގައި އަންނަ މަހުގެ 7 ވަނަ ދުވަހުވެސް އިންތިހާބު އޮންނާނެއެވެ. ނޭކުރެންދޫގައި އިތުރު […]
މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެގުނީ އިއްޔެއެވެ. އިމްރާން ކޮވިޑަށް ޓެސްޓް ހެއްދެވީ ބަލިވެ އުޅުއްވާތީ މިދިޔަ ބުދަދުވަހުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އިމްރާން ވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން މީގެކުރިން ނާއިބު ރައީސް ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ […]
އައްޑޫސިޓީގައި ކަރަންޓް ލޯޑް ހިފެހެއްޓުމަށް ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރަނީ

އައްޑޫސިޓީގައި ކަރަންޓްގެ ލޯޑު އެއްވަރަކަށް ހިފަހައްޓުމަށް އެއް މެގަވޯޓްގެ ބްޓްރީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެންވަޔަރަމަމްންޓް މިނިސްޓްރީން ބުނީ އައްޑޫސިޓީގައި ފެންވަރު ރަގަޅު ކަރަންޓްދިނުމުގެ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އެ ސިޓީގައި އެއް މެގަވޯޓުގެ ބެޓެރި ސްޓޯރޭޖް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އައްޑޫ ސިޓީގައި 1.6 މެގަވޯޓުގެ ޕަވާ ޔުޓިލިޓީ ސްކޭލާ ސޯލާ ޕަވާ ސިސްޓަމެއް މިހާރުވެސް ހުންނައިރު އަލަށް ގާއިމުކުރާ ބެޓެރީ […]
އަތޮޅު ދުވުމުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ހުޅުވައިފި

އުރީދޫ މޯލްޑިވްސް އިން “އަތޮޅު ދުވުން 2021” ގެ ނަމުގައި ބާއްވާ ދުވުމުގެ މުބާރާތުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ. އުރީދޫއިން ބުނީ އަތޮޅު ދުވުން މުބާރާތުގައި އަލުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވާ ކަމަށާ، މި ފުރުސަތު ހުޅުވައިލީ ދުވުމުގައި ބައިވެރިވުމަށް ގިނަ ބަޔަކު އެދެމުން ދިއުމާ ގުޅިގެން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އުރީދޫން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވާނީ އަންނަ ހޮނިހިރު […]
ހަމަލާރޭވުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރާ މީހަކަށް ދައުވާކުރުމަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ ރާވާ، އެ ކަމުގައި އިސްކޮށްއުޅުނުކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމްގެ ތަހުގީގު ނިންމައިލުމަށްފަހު އޭނާގެ މަށްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހައެއް ފަހެއްގެ ހަމަލާއާ ގުޅިގެން ހަށްޔަރުކުރި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީ އަށް ފުލުހުން ފޮނުވާފައިވާ ކަމަށެވެ. ޕީޖީ […]
ބިދޭސީ ޓީޗަރުންނަށް ފަސްދުވަހުގެ ކަރަންޓީން މުއްދަތެއް

ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ރާއްޖެ އައުމަށްފަހު ފުރިހަމަކުރަންޖެހޭނީ ފަސް ދުވަހުގެ ކަރަންޓީން މުއްދަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ މިނިސްޓްރީއާއި އެޗްޕީއޭ މަޝްވަރާތަކެއް ކުރުމަށްފަހު، އެޗްޕީއޭގެ މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ރާއްޖެ އަންނަ ތާރީހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހޭނެކަމަށެވެ. އަދި އެ ފަސް ދުވަސް ހަމަކޮށް ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ނެގެޓިވްވުމުން ސްކޫލުތަކަށް ނުކުމެވޭނެކަމަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުން […]