މަކަރާއި ހީލަތުން 60 ހާހަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

މަކަރާއި ހީލަތުން 60 ހާހަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުން ހޯދަމުން ދަނީ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު،36، އެވެ.

ފުލުހުން ބުނީ އޭނާ އަކީ ޖޫން ފަސް ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186/68 ރުފިޔާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށާ، އޭނާ ހާޒިރު ކުރަނީ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ.

 

ފުލުހުން ބުނީ އިބްރާހިމް ރަޝީދަކީ  މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާމީހެއްކަމަށެވެ.

ފުލުހުން ބުނީ އޭނާ ހޯދުމަށް އިއުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް