ކަރަންޓް ބިލު އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ބަލަންފަށައިފި

137

 

މި މަހުގެ ކަރަންޓް ބިލުތައް އާދަޔާއި ހިލާފަށް ބޮޑުވުމުން އެކަމުގެ ޝަކުވާ ބޮޑުވުމުން އެ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ނިންމައިފިއެވެ.

ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާތަކާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ސްޓެލްކޯއިން ފޮނުވި ޖުލައިމަހުގެ ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ރަސްމީކޮށް އެ އޮތޯރިޓީއަށް އެއްވެސް ފަރާތަކުން މިހާތަނަށް ހުށައަޅާފައި ނުވިނަމަވެސް އެ މައްސަލަ އޮތޯރިޓީން ބަލަމުން ގެންދާނެކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި އުފެއްދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ  އަކީ ފެނާއި ނަރުދަމާއި އާއި ކަރަންޓުގެ ހިދުމަތް ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމާއި ހިދުމަތުގެ އަގު ކަނޑައެޅުމުގެ އިތުރުން އެފަދަ ހިދުމަތްތަކަށް ލައިސަންސް ދޫކުރުމާއި ރެގިއުލޭޓް ކުރުމުގެމަސައްކަތްކުރާއޮތޯރިޓީއެވެ.
މާލެ ސިޓީގެ ކަރަންޓު ބިލުތައް މި މަހު ބޮޑުވެ ޝަކުވާތައް އިތުރުވެފައިވާއިރު، ކޮވިޑާއި ގުޅިގެން ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ  މި މަހު ވަނީ ކަނޑާލާފައެވެ.

މިކަމާ ގުޅިގެން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނީ މި މަހު ކަރަންޓު ބިލު ބޮޑުވިކަމަށް ދައްކަނީ ކަރަންޓު ބިލްތަކަށް ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ސަބްސިޓީއާއި ނުލައި ބިލު ހެދުމުންކަމަށެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު އެހެން މަސްތަކާ އަޅާބަލާއިރު އާދަޔާ ހިލާފަށް ބޮޑުވުމުން އެކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން މާލޭސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ  މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށާ، އެކަމުގެ ސަބަބުން ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް މެދުވެރިވެފައިވާކަމަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ