ހަމަލާރޭވުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރާ މީހަކަށް ދައުވާކުރުމަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ ރާވާ، އެ ކަމުގައި އިސްކޮށްއުޅުނުކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމްގެ ތަހުގީގު ނިންމައިލުމަށްފަހު އޭނާގެ މަށްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހައެއް ފަހެއްގެ ހަމަލާއާ ގުޅިގެން ހަށްޔަރުކުރި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީ އަށް ފުލުހުން ފޮނުވާފައިވާ ކަމަށެވެ.

ޕީޖީ ވިދާޅުވީ ފުލުހުން ދައުވާ ކޮށްދިނުމަށް ފޮނުވި ހައިޝަމްގެ މައްސަލާގައި ދައުވާކުރުމާމެދު އަންނަ ހަފްތާގެ ކުރީކޮޅު ގޮތެއް ނިންމޭނެ ކަމަށެވެ. އަދި މިހާރު މަޑުކޮށްގެން ތިބީ ބައެއް ފޮރެންސިކް ރިޕޯޓްތަކުގެ ފައިނަލް ރިޕޯޓް ލިބެންދެން ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ހައިޝަމް އަކީ ހަމަލާ ދިނުމަށް ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ހަރަކާތްތެރިވި މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައިޝަމްއާއިއެކު މިކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ހަ  މީހަކު ފުލުހުން ހައްޔަރު ކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

 

މި ހަމަލާ އާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމަހުގެ 21 ވަނަ ދުވަހު ފުލުހުން ވަނީ ފޮނުވާފައެވެ.

ދަޢުވާ ކުރަން ފޮނުވާފައިވަނީ މިހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުވާ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އަށެވެ.

 

މީގެ އިތުރުން މި ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް