އަތޮޅު ދުވުމުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

އުރީދޫ މޯލްޑިވްސް އިން “އަތޮޅު ދުވުން 2021” ގެ ނަމުގައި ބާއްވާ ދުވުމުގެ މުބާރާތުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ އަތޮޅު ދުވުން މުބާރާތުގައި އަލުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވާ ކަމަށާ، މި ފުރުސަތު ހުޅުވައިލީ ދުވުމުގައި ބައިވެރިވުމަށް ގިނަ ބަޔަކު އެދެމުން ދިއުމާ ގުޅިގެން ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އުރީދޫން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވާނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ.

އުރީދޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭ މި ދުވުމުގެ ހަރަކާތުގައި ރަޖިސްޓްރީވާ ދުވުންތެރިން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި އަންނަ ހޮނިހިރު ދުވަހުގެ މެންދަމު 12:00 ޖެހުމުގެ ކުރިން ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތު ވެސް އުރީދޫ އިން ވަނީ ހުޅުވާލާފަ އެވެ.

މި ދުވުމުގެ ހަރަކާތަކީ އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތް ތަކުގެ ތެރޭގައި ބާއްވަން ހަމަޖައްސާފައިވާ ހާއްސަ ހަރަކާތެއްކަމަށްއުރީދޫން އިން ބުނެއެވެ.

 

މި ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީ އަށް ރަޖިސްޓާވުމުގެ ފުރުސަތު ވެސް ވަނީ މިހާރު ހުޅުވާލާފަ އެވެ.

ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ރަޖިސްޓާ ކުރަން ޖެހެ އެވެ. ދެ ކެޓަގަރީގައި ދުވާ ދުވުންތެރިން 15 ކިލޯމީޓަރު ފުރިހަމަ ކުރަން ޖެހެ އެވެ.

އުރީދޫން ބުނީ މި ދުވުމަކީ  އާއިލާއާއި ރައްޓެހިންނާއި އެކުގައި ބައިވެރިވެ މަޖާ ވަގުރުކޮޅެއް ހޭދަކޮށްލަން ރަގަޅު ފުރުސަތެއްކަމަށެވެ. އަދި މި ދުވުން އޮންނާނީ ގައިދުރު ކަމާއިއެކު ކަމަށް ވެސް އުރީދޫން ބުނެއެވެ.

ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، އެކެއް އޯގަސްޓް އާ ހަތެއް އޯގަސްޓާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަ ކުރެވޭނެއެވެ.

މިއީ އެކުންފުނިން އަތޮޅު ދުވުން މުބާރާތް ބާއވާ ދެ ވަނަ އަހަރެވެ. އެކުންފުނިން އަތޮޅު ދުވުން ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. އެ މުބާރާތްވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް  ދުވުން މުބާރާތަށެވެ.
އުރީދޫން ބުނީ މިއަހަރުގައި ބާއްވަން ތައްޔާރުވަމުން އަންނަ މި ދުވުމަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަ ކމަށެވެ.

މި ދުވުމުގައި ދުވަސް ރެޖިސްޓާ ކުރާ ދުވުންތެރިން ދުވުން ސްޓްރާވާ އެޕާއި ގާމިން ކަނެކްޓް އަދި ރަންޓާސްޓިކް އަދި ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ އެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް