ވިލިނގިލިން 800 ޓަނަށް ވުރެ ގިނަ ކުނި ބޭރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ގއ.ވިލިނގިލީގައި ޖަމާކޮށްފައިހުރި 800 ޓަނަށްވުރެ ގިނަ ކުނި އެރަށުން ބޭރުކޮށްފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ( ވެމްކޯ) އިން ބުނީ ވިލިނގިލީގައި ހުރި 800ޓަނަށްވުރެ ގިނަ ކުނި ރަށުން ބޭރުކޮށް އެސަރަހައްދު ސާފުކޮށްފައިވާ ކަމަށާ މިމަސައްކަތް ވެމްކޯގެ ޓީމުން ނިންމާލާފައިވަނީ އެންމެ 10 ދުވަހުގެ ތެރޭގައިކަމަށެވެ.

ރަށްރަށުގައި އެތައް ދުވަހެއްވަންދެން ޖަމާވެފައި ހުރި ކުނި އެރަށްތަކުން ބޭރުކުރުމަށް ބޭރުކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ހުންނަނީ ވެމްކޯ އާއެވެ.
ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ކުނި ފުނިތައް ހުރި 20 ރަށުގައި އެ ކުނިތައް ނަގާ އެރަށްރަށުގެ ކުނިގޮނޑު ސާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ހަވާލުކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މިމަސައްކަތުގެ ދަށުން  ކުނީގެ މައްސަލަ އެންމެ ބޮޑުވެފައިވާ 20 ރަށުގެ ތެރެއިން މިހާތަނަށް ވެމްކޯއިންވަނީ 13 ރަށެއްގައި ކުނި ބޭރުކޮށް ރަށް ސާފުކުރުމުގެ މަސައްކަތްކޮށްފައެވެ.

މީގެ ތެރޭގައި އެންމެފަހުން ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީގައި ހުރި 92،000 ޓަނަށްވުރެ ގިނަ ކުނި ބޭރުކުރުމާއި ކ.ގުރައިދޫއާއި ތުލުސްދޫއާއި ލފޮނަދޫއާއި ގދ.ތިނަދޫގެ އިތުރުން ފުވައްމުލައް ސިޓީގައި ހުރި ކުނި އެރަށްރަށުން ބޭރުކުރުމުގެ މަސައްކަތެވެ.

ރަށްރަށުގައި އުފެދޭ ކުނި އެރަށްރަށުން ބޭރުކުރުމުގެ މަސައްކަތުގެ ދަށުން 32 ރަށެއްގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ސަރުކާރުންދަނީ ކުރަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރަށްރަށުގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް ނައްތާލުމުގެ މަސައްކަތުގެ ތެރެއިން އެ ރަށްތަކުގެ ކުނިތައް ހަފްތާއަކު އެއްފަހަރު ބޭރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެއިތުރުން 15 ރަށެއްގައި ކުނި މެނޭޖްކުރާނެ މަރުކަޒު ގާއިމުކޮށް 11 ރަށެއްގައި މިހާރު ހުރި ތަންތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރަމުންއަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް