ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ނުވިއްކުމަށް ގައްސާން ގޮވާލައްވައިފި

    ވަގުތީ ފައިސާކޮޅެއްގެ ބޭނުމުގައި ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ނުވިއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫން ގޮވާލައްވައިފިއެވެ. ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މުދަލާއި ސަރުކާރު ކުންފުނިތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށެވެ. “ މިހާލަތުގައި ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ހަރަދުތައްކޮށް އެކަން ފޫބެއްދުމަށް ވަގުތީ ފައިސާކޮޅަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ވިއްކާނުލުމަށް އިލްތިމާސްކުރަން“ ގައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ. ގައްސާން […]

ކުނި ބޭރަށް ނެރުން ހުއްޓާލަނީ

  ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލޭސަރަހއްދުގެ ގޭގެއިން ކުނި ބޭރަށް ނެރުން އޮތް އޮތުމަށް ބަދަލުގެންނަން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުއިއްޒު ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭގެއަށް ގޮސް ކުނި ނަގަން ފަށުމަށް ހަމަޖައްސާފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ކުނި ގޭގޭގެ ތެރެއިން […]

ނައިފަރުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފަސްމީހަކު ހައްޔަރުކޮށްފި

  ޅ. ނައިފަރުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި މަސްވާތަކެއްޗާއެކު ދިވެހި ފަސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް އެ މީހުން […]

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

  މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބިދޭސީއެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން ވަނަވަރު އާންކުރީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލް އަމިން، (42އ) އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BY0143854 ކަމަށް ފުލހުން ބުނެއެވެ. ފުލުހުން ބުނީ އަލް އަމިން އަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާމީހެއްކަމަށެވެ. ފުލުހުން […]

ޒަހާ ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކޮށްފި

  ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް މިއަދު އައްޔަން ކޮށްފިއެވެ. ޒަހާ ވަހީދު މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒަހާ ވަޙީދު އަދާކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމެވެ. އަދި، އޭގެ ކުރީގައިވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަހީދު މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން […]

މީހަކު ޖާމިނު ކޮށްފައި އަންމަޓީ ދޫކޮށްލަން އެދިއްޖެ

  މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމަށްފަހު ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި އެހެން މީހަކު ޖާމިނުކުރުމަށްފަހު ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.   އައްމަޓީ ހައްޔަރުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ހައިކޯޓުން ވަނީ އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުގައި […]

ކޯޓް ހުރުމަތް ކަނޑައިގެން އަލީ ވަހީދު ޖަލަށް ލާން ހުކުމެއް ކޮށްފި

    ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު  ކޯޓް ހުރުމަތް ކަނޑައިފައިވާތީ އޭނާގެ މަށްޗަށް 2 މަހާއި 12 ދުވަހަށް ޖަލަށްލާން ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. އޭނާގެ މަށްޗަށް މި ހުކުމް ކުރީ ސްޕްރީމްކޯޓުގެ ހުރުމަތް ކަނޑާލައި ގާނޫނީ ބާރުވެރިކަން މުގުރާލުމަށް މަސައްކަތް ކުރުމުން ކަމުގައި ހުކުމްއިއްވަމުން ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފައިވަނީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން […]

ހަރުކަށި ފިކުރު ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން : ރައީސް

  ހަރުކަށި ފިކުރު ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލައކީ މުޖުތަމައަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށާ އެކަން ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިންކަމަށެވެ. […]

ޓީޗަރުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ: ރައީސް

    ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މި ދިޔަ ދިރާސީ އަހަރުގެ ތެރޭގައި ޓީޗަރުން ކުރަމުން އައި ވަޒަން ނުކުރެވޭވަރުގެ ބުރަ މަސައްކަތްތަކެއްކަމަށާ ޓީޗަރުންނަށް މުސާރައާއި އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް ކުރައްވާކަމަށެވެ. ”އެބޭފުޅުން ކުރައްވާ […]

ހަނގުރާމައިގައި އަނެއްކާވެސް ދިވެއްސެއް މަރުވެއްޖެ

    ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި އަނެއްކާވެސް ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ. ސީރިއާ އަށް ހަނގުރާމައަށްދާ ދިވެހިންގެ މައުލޫމާތު ފަތުރާ ޝޯޝަލް މީޑިއާ ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހަނގުރާމައިގައި އަނެއްކާވެސް ދިވެއްސަކު މަރުވި ކަމަށް ބުނެ އެމީގެ ފޮޓޯވެސް އާންމުކޮށްފަ އެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެމީހާ މަރާގުޅޭގޮތުން މައުލޫމާތު ހާމަކޮށްފައި ނުވެއެވެ. މަރުވިމީހާ އަކީ ކޮން ރަށެއްގެ ކާކުކަން އަދި ސާފެއް ނުވެއެވެ. އެމީހާގެ މައުލޫމާތު އާންމުކުރި ޕޯސްޓްގައި ބުނެފައިވާ ގޮތުގައި […]