ނައިފަރުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފަސްމީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ޅ. ނައިފަރުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި މަސްވާތަކެއްޗާއެކު ދިވެހި ފަސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ފަސް ދަޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 68 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް