މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބިދޭސީއެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން ވަނަވަރު އާންކުރީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލް އަމިން، (42އ) އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BY0143854 ކަމަށް ފުލހުން ބުނެއެވެ.
ފުލުހުން ބުނީ އަލް އަމިން އަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާމީހެއްކަމަށެވެ.
ފުލުހުން ބުނީ އޭނާ ހާޒިރު ކުރަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށްކަމަށެވެ.
މިމީހާ ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ 14:00 އަށް ހުޅުމާލެ ޕޮލިސް، ސްޓޭޝަނަށެވެ.