ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ނުވިއްކުމަށް ގައްސާން ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

 

 

ވަގުތީ ފައިސާކޮޅެއްގެ ބޭނުމުގައި ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ނުވިއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މުދަލާއި ސަރުކާރު ކުންފުނިތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށެވެ.

“ މިހާލަތުގައި ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ހަރަދުތައްކޮށް އެކަން ފޫބެއްދުމަށް ވަގުތީ ފައިސާކޮޅަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ވިއްކާނުލުމަށް އިލްތިމާސްކުރަން“ ގައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ގައްސާން މިހެން ވިދާޅުވެފައި ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މާލީ ހާލަތު ގޯސްވެ ޖޮންއިންޓްވެޗާ ހެދުމަށް ބޭރުގެ ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބުދަދުވަހު ވިދާޅުވެފައިވަނިކޮށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ސަބްސިޑީ ދީގެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރުމަށްޓަކައި އައިލެންޑްއޭވިއޭޝަން ދަމަހައްޓަން ޖެހޭ ކަމަށާ މެދުއިރުމަތީގެ ބައެއް ފަރާތްތަކާ ގުޅިގެން ބައިނަލްއަގްވާމީ ދަތުރުތަކުން ފައިދާ ލިބޭ ފަދަ ދިމާލަކަށް އެ ކުންފުނި ގެންދިއުމަށް މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.

Loading

2 Responses

  1. ގައްސާނުނޫން އޭނާގެ ބައްޕަ ބުންޏަސް ތިކަމެއް ނުހުއްޓާނެއެވެ. އެއީވެސް އެމްޑީޕީގެ ސުންނަތެކެވެ. ކުރިން 2009 ގައިވެސް ތިކަންތައް ގަނޑުކޮށް ހިންގީއެވެ. ފެންކުންފުނި. ދިރާގު، ޖީއެމްއާރ ދެން މިހެންގޮސް ބައިވަރު

  2. ނާސިރު އުފެއްދެވި ފުރަތަމަ އެއަރމޯލްޑިވްސް ބަފާ ހެދިއެއްޗެއް ހަދައި ހުލިކޮށް، އެންމެފަހުން މެދުއިރުމަތީގައި ހަތިޔާރު އުފުލަނިކޮށް ފަޅާއަރައި ފަޟީހަތްވެ ހުއްޓުނީ. އޭގެފަހުން އުފެއްދި ކުންފުނި ބޮޑުބޭބެ އިލްޔާސް ދިރުވާލީ ބަފާގެ ނިވަލުގައިހުރެ. 3ވަނައަށް އުފެދުނު މޯލްޑިވިއަން، ޔޫރަޕަށް ދަތުރުކުރަމުންގޮސް އާއިލީ ދަތުރުގިނަވެ، އަމާ ރައްޓެހި ބޭފުޅުންނާއެކު ލަންޑަނަށް ޕިކްނިކްގޮސް ތެލުގެ ދަރަނިބޮޑުވެ ބަގުރޫޓްވެ ދިޔައީ، ތެޔޮފޮދު އެޅޭނެފަދަވެސް ނެތިގެން. ދެން އުފެއްދި އައިލެންޑް އޭވިއޭޝަނުން އަތޮޅުތަކަށް ކެމްޕޭން ދަތުރުކޮށް ބިލްތައް ނުދައްކާ ހުލިވާ ހިސާބުގައޮތީ މި ސަރުކާރު ވެރިކަމަށް އައިއިރުވެސް. ގައުމީ އެއަރލައިން ހިންގޭނީ ބޭރުބަޔަކާގުޅި، ފްލައިޓާއި ދަތުރު އިތުރުކޮށް، ރިސޯޓް ބުކިންސް އާއި، ޓިކެޓް އޮންލައިންކޮށް ހެދޭގޮތަށް ގިނަގައުމުތަކުގައި މާކެޓްފުޅާކުރެވިގެން. ތިޔަ އައުލާދު ކައިކައި ގައުމީ އެއަރލައިން ހިރިނުލެވި، ހިންދެމި ނުލެވިގެން އުޅެނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް