ކުނި ބޭރަށް ނެރުން ހުއްޓާލަނީ

Loading

Facebook
Twitter
WhatsApp

 

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލޭސަރަހއްދުގެ ގޭގެއިން ކުނި ބޭރަށް ނެރުން އޮތް އޮތުމަށް ބަދަލުގެންނަން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުއިއްޒު ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭގެއަށް ގޮސް ކުނި ނަގަން ފަށުމަށް ހަމަޖައްސާފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް ކުނި ގޭގޭގެ ތެރެއިން ނެގުމަށް ނިންމީ ކޮވިޑްގެ ހާލަތަށް ބަދަލު އައިސްފައިވާތީކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަޅުގެ ތެރެއިން ކުނި ނަގަމުން އަންނަނީ ގޭގޭގެ ބޭރުންނެވެ.

މޭޔަރު ވިދާޅުވީ މިހާރު ކުނި ނަގާ އުސޫލުން މަގުމަތިން ކުނި ނަގަމުން އަންނައިރު،  މަގުމަތީގައި ކުނި ބެހެއްޓު،މުގެ ސަބަބުން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

އަދި  ކުރިއެކޭ އެއްގޮތަށް ގޭގޭގެ ތެރެއިން ކުނި ނަގަންފެށުމުން، މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަވެސް މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ  އެކަމާއި ގުޅޭގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގެ ގޭގެއިން ކުރިންވެސް ކުނި ނަގަމުންދިޔަ ގޮތަށް އެކަން ކުރަން ފަށަން ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، ކުނިނެގުމުގެ ހިދުމާތް ދެމުންގެންދާ ވެމްކޯއިން އަދި މި ކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއްނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް