83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

  ބްރެޒިލް އަންހެނަކު 83   މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ބްރެޒިލުން ރާއްޖެ އައި އުމުރުން 29 އަހަރުގެ އަންހެނެއްގެ އަތުންކަމަށެވެ. ކަސްޓަމްސް އިން ބުނީ އެ އަންހެންމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެ އޭނާގެ ފޮށި ބަލައި ފާސް ކުރިއިރު، ފޮށީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުވާ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ކަސްޓަމުން އެ ތަކެތި ޓެސްޓްކުރި އިރު ކޮކެއިނަށް ޕޮޒިޓިވްވި ކަމަށާއި […]

ފަރަށް އެރި އާގުބޯޓް ފުންކުރަން ލަންކާއިން ޓަގްބޯޓެއް ގެންނަނީ

  ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އެރި އާގުބޯޓު ފުންކުރުމަށް ސްރީލަންކާ އިން ޓަގުބޯޓެއް ގެނައުމުގެ މަސއްކަތް ކުރަމުން އަންނަ ކަމަށް އެމް.އެން.ޑީ.އެފުން ބުނެފި އެވެ. އެމް.އެން.ޑީ.އެފުން ބުނީ ބުރާސްފަތި ދުވަހު ފަރަށް އެރި އެ ބޯޓު ފުންކުރުމަށްޓަކާ ސްރިލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ރާއްޖެ ގެނައުމަށް މަސައްކަތްކުރާ ޓަގު ބޯޓު ހޯމަ ދުވަހު ރާއްޖެއަށް އައުމަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މި އާގު ބޯޓަކީ އިންޑިއާއިން ފުރައިގެން ސައުތު […]

ކޮވިޑްން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވާޅުތައް ހަރުދަނާ ކުރުމަށް މައުމޫން ގޮވާލައްވައިފި

    ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާފިޔަވަޅުތައް ހަރުދާ ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވައްޓެރި ސްރީ ލަންކާގައި ރޭއްސުރެ ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ލޮކްޑައުން އިއުލާން ކޮށްފި ކަމަށާ ރާއްޖޭގައި ވެސް ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ […]

ދަރިވަރުންނަށް ނުލިބި ހުރި ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

    މިހާތަނަށް ދަރިވަރުންނަށް ނުލިބި ހުރި ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާ އެ ފޮތްތައް ސްކޫލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކަށް ފޮތްތައް ފޮނުވުމަށް ބޯޓްފަހަރަށް އެރުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެޑިއުކޭޝަނުން ބުނެއެވެ. ނުލިބިހުރި ފޮތްތައް ލިބިފައިވާކަމަށް އެޑިއުކޭޝަނުން ހާމަކޮށްފައިވާއިރު ދިރާސީ އާ […]

ވިލިފުށީ މަގުމަތީގަ އާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި ތަކެތި ނެގުމަށް އަންގައިފި

    ތ. ވިލިފުށީގެ މަގުމަތީގަ އާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އެރަށު ކައުންސިލުން އަންގައިފިއެވެ. އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށު ހުސްބިންތަކާއި، މަގުތައްމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެއްޗާއި، އިމާރާތްކޮށްފައިވާ ތަންތަން، އަދި ބިމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި ޚިލާފަށް ބޭނުން ކުރަމުންދާ ބިންތައް، ނެގުމަށް 90 ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި އެފަދަ ތަންތަނުގައި ހުރި ތަކެތި […]

ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށަނީ

    ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން ބުނީ، ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންގާރަދުވަހު ޕްރޮޖެކްޓް  ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އެމްޓީސީން ބުނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެއެވެ. 10.13 މިލިއަން ރުފިޔާގެ މި […]

ރަސްފަރި ފަރަށް އާގުބޯޓެއް އަރައިފި

  ކ ރަސްފަރި ފަރަށް އާގު ބޯޓެއް އަރައިފިއެވެ. އެމްއެންޑީއެފްއިން ބުނީ މި ރަސްފަރި ހުޅަނގު ފަރާތު ފަރަށްކަމަށެވެ. އާގު ބޯޓު ފަރަށް އެރުމާއި ގުޅިގެން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އެސަރަހައްދުގައި އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފްން ބުނެއެވެ. މިކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިކަމާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު ހަރަކާތްތެރިވަމުންދާކަމަށެވެ. ރާއްޖޭގައި މީގެކުރިން ވެސް ކާގޯ ބޯޓުތައް ފަރަށް އެރުމުގެ ސަބަބުން ފަރުތަކަށް ބޮޑެތި […]

މަންމަ އާއި ދޮންބައްޕަ ކުޑަކުއްޖަކަށް އަނިޔާ ކުރާ ކަމުގެ ތުހުމަތުތަކެއް

    ފުލުހުންގެ ވަޒީފާގައި އުޅޭ މަންމަ ކުޑަ ދަރިފުޅަށް އަނިޔާކުރާ ކަމުގެ ތުހުމަތު ތަކެއް ޝޯޝަލް މީޑިއާގައި ފެންމަތި ވެއްޖެއެވެ. ސޯޝަލް މީޑީއާ މައުލޫމާތު ފެތުރިފައިވާގޮތުން މިކުއްޖާ އަށް އަނިޔާ ކުރުމުގައި އޭނާގެ ދޮންބައްޕަވެސް ޝަމިލުވެއެވެ. ދޮން ބައްޕައަކީވެސް ފުލުހުންގެ ވަޒީފާގައި އުޅޭމީހެއްކަމަށް ވެއެވެ. މި މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ ކުޑަކުއްޖަކަށް އެކުއްޖާގެ މަންމަ އަނިޔާ ކުރުމުގެ މައްސަލައެއް ރޭ 00:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާ […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

  ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައިވާ ކަމަށެވެ. މި އަމުރާ ގުޅިގެން ފުލުހުން  ހޯދަމުންދަނީ، ގދ. ގައްދޫ / ތިބްރޯޒްގެ، މުޙައްމަދު ޢަރީފް (41އ) އެވެ. ފުލުހުން […]

މަކަރާއި ހީލަތުން މީހެއްގެ އަތުން 150،000ރ ނެގި މީހަކު ތަހުގީގަށް ހޯދަނީ

  މަކަރާއި ހީލަތުން 150،000ރ  ހޯދި ކަމަށް ތުހުމަތުކުރެވޭ މީހަކު ތަހުގީގަށް ހާޒިރުކުރުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ވަނަވަރު އާންމުކޮށްފައިވާ ފަރާތަކީ މުހައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ (31އ) އެވެ.   ފުލުހުން ބުނީ އުނައިސް އަކީ މަކަރާއި ހީލަތުން މީހެއްގެ އަތުން 150،000 ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއްކަމަށެވެ. އޭނާ ހާޒިރުވުމަށް އަންގާފައިވަނީ ތ. […]