ވިލިފުށީ މަގުމަތީގަ އާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި ތަކެތި ނެގުމަށް އަންގައިފި

Loading

Facebook
Twitter
WhatsApp

 

 

ތ. ވިލިފުށީގެ މަގުމަތީގަ އާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އެރަށު ކައުންސިލުން އަންގައިފިއެވެ.

އެރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށު ހުސްބިންތަކާއި، މަގުތައްމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެއްޗާއި، އިމާރާތްކޮށްފައިވާ ތަންތަން، އަދި ބިމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި ޚިލާފަށް ބޭނުން ކުރަމުންދާ ބިންތައް، ނެގުމަށް 90 ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި އެފަދަ ތަންތަނުގައި ހުރި ތަކެތި ނުނަގައިފިނަމަ ކައުންސިލުން ނިންމާގޮތެއްގެ މަތީން އެފަދަ ތަންތަނާއި، ތަކެއްޗާމެދު އަމަލުކުރަމުން ގެންދާނެ ކަމަށެވެ.

ބިމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ބިން ބޭނުން ކުރުމަށް ވެސް އެރަށުވިލިފުށީ ކައުންސިލުން ވަނީ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް