މަކަރާއި ހީލަތުން މީހެއްގެ އަތުން 150،000ރ ނެގި މީހަކު ތަހުގީގަށް ހޯދަނީ

Loading

Facebook
Twitter
WhatsApp

 

މަކަރާއި ހީލަތުން 150،000ރ  ހޯދި ކަމަށް ތުހުމަތުކުރެވޭ މީހަކު ތަހުގީގަށް ހާޒިރުކުރުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ވަނަވަރު އާންމުކޮށްފައިވާ ފަރާތަކީ މުހައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ (31އ) އެވެ.

 

ފުލުހުން ބުނީ އުނައިސް އަކީ މަކަރާއި ހީލަތުން މީހެއްގެ އަތުން 150،000 ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއްކަމަށެވެ.

އޭނާ ހާޒިރުވުމަށް އަންގާފައިވަނީ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2021 ސެޕްޓެމްބަރު 05 ވަނަ ދުވަހުގެ ކުރިންނެވެ. .

ފުލުހުން ބުނީ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9800113 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް