ކޮވިޑްން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވާޅުތައް ހަރުދަނާ ކުރުމަށް މައުމޫން ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

 

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާފިޔަވަޅުތައް ހަރުދާ ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވައްޓެރި ސްރީ ލަންކާގައި ރޭއްސުރެ ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ލޮކްޑައުން އިއުލާން ކޮށްފި ކަމަށާ ރާއްޖޭގައި ވެސް ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ“ އެޗްޕީއޭ ޓްގް ކްރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮވިޑްގެ ހާލަތު ލަންކާގައި އަނެއްކާވެސް ގޯސް ވުމާއި ގުޅިގެން އެގައުމުގައި ވަނީ އިއްޔެ އިން ފެށިގެން ލޮކްޑައުން އިއުލާން ކޮށްފައެވެ. އަދި އިއްޔެ އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ވަނީ ލޮކްޑައުން އިއުލާން ކޮށްފައެވެ.

ދުވާލެއްގެ މައްޗަށް ލަންކާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 4،000 ހާވަރު އުޅޭއިރު މިދިޔަ ހަފްތާގައި އެކަނިވެސް އެގައުމުން ވަނީ 270 އަށްވުގެ ގިނަ މީހުން މަރުވެފައެވެ. އަދި މިހާތަނަށް ޖުމްލަ 6985 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވަނީ ވަރަށް ބޮޑަށް ލުއި ދީފައެވެ.
އެގޮތުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ އާންމު ހާލަކަށް ރާއްޖެ ގެނެސްފައިވާއިރު މިހާލތަށް ގެނެސްފައިވަނީ ކޮވިޑްން ރައްކާތެރިވުމަށް ހާއްސަ ގައިޑްލައިނެއް އެކުލަވާލައި އެގައިޑް ލައިނަން އަމަލުކުރުމަށް އިރިޝާދު ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް