މިހާތަނަށް ދަރިވަރުންނަށް ނުލިބި ހުރި ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާ އެ ފޮތްތައް ސްކޫލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އަތޮޅުތަކަށް ފޮތްތައް ފޮނުވުމަށް ބޯޓްފަހަރަށް އެރުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ނުލިބިހުރި ފޮތްތައް ލިބިފައިވާކަމަށް އެޑިއުކޭޝަނުން ހާމަކޮށްފައިވާއިރު ދިރާސީ އާ އަހަރު ފެށިގެން ދެ ހަފްތާ ފާއިތުވި އިރުވެސް ބައެއް ދަރިވަރުންގެ ފޮތްތައް ހަމަނުވުމުގެ ސަބަބުން ބެލެނިވެރިން ދަނީ ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހާޑް ކޮޕީ ދަރިވަރުންނަށް ނުލިބުނު ނަމަވެސް ޓެކްސްޓް ފޮތްތަކުގެ ސޮފްޓް ކޮޕީ ހުރިހާ ދަރިވަރުންނަސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.
މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީއަށް ލިބިފައި. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި. pic.twitter.com/wqOGnA4fT1
— Ministry of Education (@MoEdumv) August 20, 2021
އެ މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފޮތްތައް ނުލިބި ލަސްވެފައިވަނީ ކޮވިޑް- 19 އާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ.
އެޑިއުކޭޝަން ހާމަކުރި ގޮތުގައި މިވަގުތު ދަރިވަރުންނަށް ނުލިބި ހުންނާނީ ދިވެހި އިސްލާމް އަދި ގްރުއާން މާއްދާތަކުގެ ފޮތްތައްކަމަށެވެ. އަދި އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޯރުކޮދީ ނިންމުންކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ސުކޫލުތައް ދޮޅުއަހަރެއްހާ ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދޭން ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.