83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

 

ބްރެޒިލް އަންހެނަކު 83   މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ބްރެޒިލުން ރާއްޖެ އައި އުމުރުން 29 އަހަރުގެ އަންހެނެއްގެ އަތުންކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ އަންހެންމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެ އޭނާގެ ފޮށި ބަލައި ފާސް ކުރިއިރު، ފޮށީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުވާ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި ކަސްޓަމުން އެ ތަކެތި ޓެސްޓްކުރި އިރު ކޮކެއިނަށް ޕޮޒިޓިވްވި ކަމަށާއި އެ އަންހެން މީހާގެ އަތުން އަތުލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯ ގްރާމް ހަމަވާ ކަމަށެވެ.

އަދި މި މަސްތުވާތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
ކަސްޓަމްސް އިން ބުނީ އަންހެން މީހާ އާއި މަސްތުވާތަކެތި މިހާރުވަނީ ފުލުހުންނާ  ހަވާލު ކޮށްފައި ކަމަށެވެ.

މީ މި މަސްތެރޭ މަސްތުވާތަކެތި އެތެރކުރަން އުޅެގެން އަތުލައިގައި ބްރެޒިލަށް ނިސްބަތްވާ ދެ ވަނަ މީހާއެވެ. ކުރިން ހައްޔަރުކުރި އަންހެން މީހާވެސް ވަނީ 15 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައެވެ.  ކަސްޓަމް އިން ބުނީ އެ އަންހެން މީހާވެސް ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ ކޮކެއިން އެތެރެކުރުމަށް މަސައްކަތްކުރިކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް