މަންމަ އާއި ދޮންބައްޕަ ކުޑަކުއްޖަކަށް އަނިޔާ ކުރާ ކަމުގެ ތުހުމަތުތަކެއް

Loading

Facebook
Twitter
WhatsApp

 

 

ފުލުހުންގެ ވަޒީފާގައި އުޅޭ މަންމަ ކުޑަ ދަރިފުޅަށް އަނިޔާކުރާ ކަމުގެ ތުހުމަތު ތަކެއް ޝޯޝަލް މީޑިއާގައި ފެންމަތި ވެއްޖެއެވެ.

ސޯޝަލް މީޑީއާ މައުލޫމާތު ފެތުރިފައިވާގޮތުން މިކުއްޖާ އަށް އަނިޔާ ކުރުމުގައި އޭނާގެ ދޮންބައްޕަވެސް ޝަމިލުވެއެވެ. ދޮން ބައްޕައަކީވެސް ފުލުހުންގެ ވަޒީފާގައި އުޅޭމީހެއްކަމަށް ވެއެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ ކުޑަކުއްޖަކަށް އެކުއްޖާގެ މަންމަ އަނިޔާ ކުރުމުގެ މައްސަލައެއް ރޭ 00:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާ މި މައްސަލަ އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ.

މި މައްސަލަ އާ ގުޅޭ އިތރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެއީ ފުލުހެއް ކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ޔަގީން ކޮށް ދީފަދައި ނުވެއެވެ.

ކުޑަ ކުއްޖާއަށް އޭނަގެ މަންމަ އާއި އަދި ދޮން ބައްޕަވެސް ޖިސްމާނީ އަނިޔާ ކުރިކަމަށް ސޯޝަލް މީޑިއާގައި މީހަކު ޕޯސްޓް ކޮށްފައި ވެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްގައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް