ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކުކޮށްފި

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ ސިޓީގެ މަސްރަހު ގޯސްވަފައިވާއިރު އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ 16 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރޭ 11:09 ގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރު ކޮށްފައި މިވަނީ މި މައްސަލައިގައި ތުހުމަތކު ކުރެވޭ މީހާ ހައްޔަރުކުރުމަށްގޮވާލައި އައްޑު […]
އާދަޔާ ހިލާފަށް ވިސްނުންތޫނު ރާމާމަކުނެއް ހިލަ ތޫނުކޮށްގެން ޒުލުން ނުކުންނަން މަސައްކަތްކޮށްފި

ޗައިނާގެ ހެނާންސް ޕްރޮވިންސްގެ ޒުލެއްގައި އުޅޭ އާދަޔާ ހިލާފަށް ވިސްނުންތޫނު ރާމާމަކުނެއް ހިލަ ތޫނު ކޮށްގެން ޒުލުން ސަލާމާތްވާން މަސައްކަތް ކޮށްފި އެވެ. މި ރާމާމަކުނު ހިލަ ގަނޑަކުން ބިއްލޫރި ގަނޑުގައި ޖަހާ ވީޑިއޯއެއްވަނީ އާންމުވެފައެވެ. މި ވީޑިއޯކުރި މީހާއާ ހަވާލާދީ ނޫސްތަކުން ބެނެފައިވަނީ ރާމާމަކުނު ހިލަ ގަނޑެއްނަގައި ފުރަތަމަ އޭތި ގާނާ ތޫނުކުރީއެވެ. އޭގެ ފަހުގައި އެ ހިލަގަނޑުގެ އަތަށް ރަގަޅަށް ހެޔޮވަރުކޮށްލުމަށްފަހު ތޫނުކުރި ފަރާތުން ބިއްލޫރި ގަނޑުގައި ޖަހާ ބިއްލޫރި ގަނޑު […]
ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން: ރައީސް

ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުންގުޅިގެންދާއިރު އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އާންމުން ސަރުކާރު އިދާރާތަކަށް ހުށައަޅާ ލިޔެކިއުންތައް ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެ ނިޒާމްކަމަށްވާ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް، އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަމަދު ސާލިހު މިއަދު ވިދާޅުވީ މި ހިދުމަތަކީ، […]
މާލޭގެ އިހުތިސާސްތެރޭގައި ހުޅުމާލެ ނުހިމެނޭ މައްސަލަ މަޖިލީހަށް

މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހުޅުމާލެ ނުހިމެނޭ މައްސަލަ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ ރިޔާސަތު ފައްޓަމުން މިއަދު މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުއްލާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. މާލެ ސިޓީކައުންސިލުން ހަތް މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑަށް ދިމާވެގެން އުޅެނީ ކައުންސިލުގެ އިހުތިސޯސްގައި ހުޅުމާލެ ނުހިމެނޭ މައްސަލަ ކަމަށް […]
މާލޭ ސިޓީގެ މޭޔަރު ތުރުކީގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރާ ބައްދަލުކުރައްވައިފި

މާލޭ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރު ބުންޔާމީން ޑެމިރު އާއި ބައްދަލުކުރައްވައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި ބައްދަލު ކުރެއްވުމަކީ މޭޔަރު މުއިއްޒު ތުރުކީ އަށް މިހާރު ކުރައްވަމުންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްކަމަށެވެ. މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. އެގޮތުން ދެ ފަރާތުގެ ތަޖުރިބާތަށް ހިއްސާކޮށް މުއައްޒަފުން ތަމްރީން ކުރުމާއި އެކިއެކި […]
ރައީސް ޔާމިން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑު އެހުންތައް މިއަދު ފަށާފައިވާއިރު އެމަނިކުފާނު ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސްކޮށްދިނުމަށެވެ. މި ހުށަހެޅުމާ ގުޅޭ ގޮތުން ވާހައެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ […]
ރާއްޖެ ވަކަވަކި 19 ދައުލަތަށް ބައިކުރަން ވާހަކަ ދައްކަވާތީ ހައިރާންވޭ، މީ ވަރަށް ނުރައްކާތެރިކަމެއް : ޝަރީފް

ރާއްޖެ ވަކިވަކި 19 ދައުލަތަށް ބައިކުރަން ބަޔަކު ވާހަކަ ދައްކަވާތީ ހައިރާންވާ ކަމަށާ، އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބައިބައިކޮށް ފެޑަރަލް ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށެވެ. “ މި ދިވެހިރާއްޖެ ވަކި ވަކި 19 ދައުލަތަށް ބައި ކުރަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ […]
ވެލިދު އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ނ. އަތޮޅު ވެލިދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ. ފުލުހުން ބުނީ ވެލިދު އަށް އެތެރެކުރަން އުޅުނު މި މަސްތުވާތަކެއްޗަކީ މާލެއިން ފުރައިގެން އެރަށަށް ދިޔަ ބޯޓަކުން އެތެރެކުރަން އުޅުނު މަސްތުވާތަކެތިމަށެވެ. މި ބޯޓުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން […]
ރަސްދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އއ.ރަސްދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ރަސްދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނުމައުލޫމާތަކާގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ ބުދަދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކުރީ ރަސްދޫ ބަނދަރު ސަރަހައްދުން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނުމާގުޅިގެން ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. […]
ފޯނުން ގުޅައި މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

ފޯނުން ގުޅައި މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދުމަށް އެމީހާގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ މ. ކުދިމާވިލާ، ނާފިއު ސަލީމް (50އ) އެވެ. ފުލުހުން ބުނީ ނާފިއު އަކީ މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއްކަމަށެވެ. ފުލުހުން ބުނީ ނާފިއު […]