އާދަޔާ ހިލާފަށް ވިސްނުންތޫނު ރާމާމަކުނެއް ހިލަ ތޫނުކޮށްގެން ޒުލުން ނުކުންނަން މަސައްކަތްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ޗައިނާގެ ހެނާންސް ޕްރޮވިންސްގެ ޒުލެއްގައި އުޅޭ އާދަޔާ ހިލާފަށް ވިސްނުންތޫނު ރާމާމަކުނެއް ހިލަ ތޫނު ކޮށްގެން ޒުލުން ސަލާމާތްވާން މަސައްކަތް ކޮށްފި އެވެ.

މި ރާމާމަކުނު ހިލަ ގަނޑަކުން ބިއްލޫރި ގަނޑުގައި ޖަހާ ވީޑިއޯއެއްވަނީ އާންމުވެފައެވެ. މި ވީޑިއޯކުރި މީހާއާ ހަވާލާދީ ނޫސްތަކުން ބެނެފައިވަނީ ރާމާމަކުނު ހިލަ ގަނޑެއްނަގައި ފުރަތަމަ އޭތި ގާނާ ތޫނުކުރީއެވެ. އޭގެ ފަހުގައި އެ ހިލަގަނޑުގެ އަތަށް ރަގަޅަށް ހެޔޮވަރުކޮށްލުމަށްފަހު ތޫނުކުރި ފަރާތުން ބިއްލޫރި ގަނޑުގައި ޖަހާ ބިއްލޫރި ގަނޑު ތަޅާލީ ކަމަށެވެ.

އާންމު ވެފައިވާ ވީޑިއޯއިން ފެންނަނީ ރާމާމަކުނު ހިލަގަނޑަކުން ބިއްލޫރި ގަނޑުގައި ޖަހާތަނެވެ. އަދި ބިއްލޫރިގަނޑު ތަޅައިގެން ދިޔައިމަ ފަހަތަށް ދުއްވައިގަންނަތަން ފެނެއެވެ. ވީޑިއޯ އާންމު ކުރި މީހާ ބުނެފައިވަނީ ބިއްލޫރި ގަނޑު ތަޅައިގެން ދިޔައިމަ ބިރުން ރާމާމަކުނު ފަހަތަށް ދިޔަ ކަމަށާ ނަމަވެސް އިރުކޮޅެއްގެ ތެރޭ އެބުރި އޭނަ ތަޅާލި ބިއްލޫރިގަނޑަށް ވީ ގޮތް ބަލަން ދިޔަކަމަށެވެ.

ޒުލުގައި މަސައްކަތް ކުރާ މުއައްޒަފަކު ބުނީ މި ރާމާ މަކުނަކީ އެތާގައި އުޅޭ އެހެން ރާމާ މަކުނުތަކާ ތަފާދު އަދި އާދަޔާ ހިލާފަށް ވިސްނުންތޫނު ރާމާ މަކުނެއްކަން ކުރިންވެސް ފާހަގަވެފައިވާ ރާމާމަކުނެއް ކަމަށެވެ. އެގޮތުން ބަދަން ކާއިރު އެހެން ރާމާމަކުނުތައް އަގައިން އޭގެ ހަރުބައި ނައްޓާއިރު އެ ރާމާކުނު ބަދަނުގެ ބޭރު ވަކި ކުރަނީ ހިލަ ގަނޑުންޖަހައިގެން ކަމަށެވެ.

ނަމަވެސް މީގެ ކުރިން ދުވަހަކުވެސް ޒުލުން ފިލަން މި ރާމާމަކުނު މަސައްކަތް ކޮށްފައި ނުވާކަމަށް އެތަނުގެ މުއައްޒަފުން ބުނެއެވެ. ރާމާމަކުނު ފިލަން މަސައްކަތް ކުރުމާއި ގުޅިގެން އެ ޒުލުގައި މިހާރުވަނީ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ބިއްލޫރި ގަނޑުވެސް ވަނީ ކުރިއަށްވުރެ ވަރުގަދަ ބިއްލޫރިގަނޑަކަށް ބަދަލުކޮށްފައެވެ. އަދި މީގެ އިތުރުން އެ މަކުނު އޮންނަ ސަރަހައްދުގައި ހުރި ހުރިހާ ހިލަގަނޑުތައް ވެސް ވަނީ އެސަރަހައްދުން ނަގައިފައެވެ. އަދި މީގެ އިތުރުންވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެހެން ހީވާ ހުރިހާ އެއްޗެއް އެ ރާމާމަކުނު އުޅޭ ސަރަހައްދުން ނަގާފައިވާ ކަމަށް އެ ޒުލާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

https://www.youtube.com/watch?v=cR7WwMUhpk8

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް