މިއަހަރުގެ ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަން އަށް

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެންދިއުމަށް ދިވެހި ރާއްޖެއަށް ލިބިފައިވާ ކޯޓާ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދީފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ 1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ރާއްޖެއަށް 453 ކޯޓާ ސައުދީ އަރަބިއްޔާގެ ސަރުކާރުން ދީފައިވާކަމަށް އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ފަރާތްތަކަށް ހައްޖުކޯޓާ ދިނުމަށް ވަގުތު ނެތުމުންނާއި ހާލަތަށް ރިއާޔަތްކޮށް ހައްޖު ކޯޕަރޭޝަނަށް ހުރިހާ […]

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ގިނަ އަދަދެއްގެ މެންބަރުން އިސްތިއުފާ ދެނީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ގިނަ އަދަދަކަށް އިސްތިއުފާ ދެމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. ރައްޔިތުންގެ ޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން އިއްޔެ ވާހަކަފުޅު ދައްކަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކޮންމެ މަހަކު ތިނެއް ނުވަތަ ހަތަރު މެންބަރުން އިސްތިއުފާ ދޭކަމަށެވެ. ”މަހެއްގެ މައްޗަށް ތިން ހަތަރު […]

ގައިދީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލިގޮތަކަށް މިއަދު މަރުވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވެފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އއ. ހިމަންދޫ ހެޕީ ރެސްޓް އަލީ މުހައްމަދު (58 އަހަރު) ކަމަށެވެ. އޭނާ މަރުވީ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް ވުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު ހާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު 3:20 ހާއިރު ކަމަށް ވެސް […]

ފައްޔާޒު ޗެއާޕާސަންގެ މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަންނަވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރަސްމީކޮށް މިއަދު ހަވާލުވެވަޑައިގެންފި އެވެ. ފައްޔާޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެމްޑީޕީގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާފައިވާ އިރު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ އަވައްޓެރި ސްރީލަންކާގައެވެ.ޗެއާޕާސަންގެ ހައިސިއްޔަތުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެމްޑީޕީގައި މިހާރު ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.  އަދި އެމްޑީޕީ ހިންގުމަށް ފުރިހަމަ އެއްބާރުން ދެއްވާނެ ކަމުގެ […]

މަންކީޕޮކްސް ފެތުރުމުގެ ރިސްކް މިވަގުތު ކުޑަ ނަމަވެސް ރާއްޖެއަށް ކޭސް އެއް އައުމަކީ އެކަށީގެންވާ ކަމެއް : އެޗްޕީއޭ

ދުނިޔޭގައި ފެތުރިދާނެ ކަމަށް ބިރުހީވެފައިވާ މަންކީޕްކްސް ބަލި މިވަގުތު ރާއްޖޭގައި ފެތުރުމުގެ ރިސްކް ކުޑަ ކަމަށާ ނަމަ ވެސް ގައުމުތަކުގައި އެ ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތާއި ގުޅިގެން ރާއްޖެއަށް ވެސް ކޭސް އެއް އައުމަކީ އެކަށީގެން ވާކަމެއްކަމަށ ހެލްތް ޕްރޮޓެކްޝަން އޖެންސީ ( އެޗްޕީއޭ) އިން ބުނެފިއެވެ. އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަން ދިނުމަށް އިލްތިމާސް ކޮށް އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލި އުޅޭތޯ ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަމުން […]

 އިންޑިއާ އައުޓް ބޭނާގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

އިދިކޮޅު ލީޑަރު ރައީސް އަބްދުއްލާ ޔާމީންގެ ގެ، ހ. ދޫވެހި ގޭގެ ބޭރުގައި ދަމާފައި ހުރި “ އިންޑިއާ އައުޓް“ ޖަހާފައިހުރި ބޮޑު ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރު ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ބެނާތައް ނެގުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާ އަދި ކޯޓުން ފުލުހުންނަށް އަމުރު ނެރެދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. ރައީސް ޔާމިންގެ ގޭގައި ދަމާފައި ހުރި […]

ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން  ބުނީ ގޭސްފުޅި ގޮވާފައި ވަނީ މ. އުނިގަސްމަގުގައި ހުރި ގެއެއްގައި ކަމަށެވެ.  މި ހާދިސާއާއި ގުޅިގެން އަނިޔާވެފައިވާނީ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ފުލުހުން ބުނީ އެ މީހާއަށް މާބޮޑު ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ގޭސްފުޅި ގޮވަން މެދުވެރިވި ސަބަބު ވެސް އަދި ސާފެއް ނުވެ އެވެ. ފުލުހުން […]

ލޯންޗް އެކްސިޑެންޓް: ހާލު ސީރިއަސްވި އެކަކު މާލެ ގެނެސްފި

ގއ. ވިލިގިލީ ފަޅަށް ލޯންޗެއް ވަންނަން އުޅުމުގެ ތެރޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފަސް މީހުންނާއެކު ދަތުރުކުރި ލޯންޗް ބަދަރަށް ވަންނަން އުޅުނު ވަގުތު ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ދެ މީހަކު މަރުވފައިވާއިރު، ދެންތިބި ތިން މީހުންނަށް ވެސް އަނިޔާވެ މީހުންވެސް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށް ވިލިގިލީ ކައުންސިލުން ބުނެއެވެ.  އިތުރުފަރުވާއަށް މާލެ ގެނައީ އެ ތިންމީހުންގެ ތެރެއިން ހާލު ބޮޑުވެ […]

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސްވާނެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސް ވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ  ހެނދުނު 10 އަކުން ފެށިގެން މިރޭ ހަތެއްޖެހުމާ ހަމައަށް  މޫސުމް ގޯސް ވާނެކަމަށް ލަފާކޮށް ހއ. އަތޮޅާއި މ. އަތޮޅާއި ދެމެދަށް ރީނދޫ އެލާޓް ނެރެފައެވެ. އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މީގެ އިތުރުން ކަނޑުތައް […]

ފާރުތަކުގައި “ އިންޑިއާ އައުޓް“ ސްޕްރޭކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަނީ

އިދިކޮޅުން ކުރިއަށްގެންދާ “ އިންޑިއާ އައުޓް “ ކެމްޕެއިން ޕްރޮމޯޓްކުރަން މަގުތަކުގައި ސްޕްރޭކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ބުނީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ކ. މާލެ / މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު (34އ) ހޯދަމުން އަންނަ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ފާރުތަކުގައި އިންޑިއާ އައުޓް ސްޕްރޭކޮށް އެ […]