ފާރުތަކުގައި " އިންޑިއާ އައުޓް" ސްޕްރޭކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

އިދިކޮޅުން ކުރިއަށްގެންދާ “ އިންޑިއާ އައުޓް “ ކެމްޕެއިން ޕްރޮމޯޓްކުރަން މަގުތަކުގައި ސްޕްރޭކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ކ. މާލެ / މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު (34އ) ހޯދަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ފާރުތަކުގައި އިންޑިއާ އައުޓް ސްޕްރޭކޮށް އެ ޝިއާރު ރަމްޒުކޮށްދޭ ލިޔުންތައް މަގުމައްޗަށް އެޅި ކަމުގެ ތުހުމަތުގައެވެ.  

އޭނަ އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިދިކޮޅުން ބުނަނީ އެ ކެމްޕެއިން ހުއްޓާނުލާނެ ކަމަށެވެ.  އަދި ރާއްޖޭގެ އެކި ކަންކަޅުތަކުގައި އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތްތައް ގެންދަނީ ހިންގަމުންނެވެ.

Loading

One Response

  1. ވަރަށް ސާފު މައްސަލައެއް. ޤާނޫނުގައި ކުށަކަށްނުވާކަމެއް އެއީ ކުށެއްނޫން. ރައީސަކަށް ކުށްކަނޑައެއްނޭޅޭނެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަޞްދީޤުކުރާ ޤާނޫނަކުން އެކަންވާނީ. ޢާންމު އުނދަގުލުގެ ޤާނޫނަކުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ހަންޏެއް ނުކުރެވޭނެ. ކޯޓުތަކުން ތަބާވާންޖެހޭނީ ޤާނޫނުއަސާސީއާއި، އެއަސާސީގެ ޙުދޫދުގެ ތެރޭގައިވާ ޤާނޫނުތަކަށް. އެއަށްވުރެ ފުޅާކޮށް މިނިވަންކަމެއް ނުހިފެހެއްޓޭނެ. ޣައިރު ޤާނޫނީ އަމުރުތަކުން ތަބާވުމަކީ ކުށެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް