މަންކީޕޮކްސް ފެތުރުމުގެ ރިސްކް މިވަގުތު ކުޑަ ނަމަވެސް ރާއްޖެއަށް ކޭސް އެއް އައުމަކީ އެކަށީގެންވާ ކަމެއް : އެޗްޕީއޭ

Loading

Facebook
Twitter
WhatsApp

ދުނިޔޭގައި ފެތުރިދާނެ ކަމަށް ބިރުހީވެފައިވާ މަންކީޕްކްސް ބަލި މިވަގުތު ރާއްޖޭގައި ފެތުރުމުގެ ރިސްކް ކުޑަ ކަމަށާ ނަމަ ވެސް ގައުމުތަކުގައި އެ ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތާއި ގުޅިގެން ރާއްޖެއަށް ވެސް ކޭސް އެއް އައުމަކީ އެކަށީގެން ވާކަމެއްކަމަށ ހެލްތް ޕްރޮޓެކްޝަން އޖެންސީ ( އެޗްޕީއޭ) އިން ބުނެފިއެވެ.

އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަން ދިނުމަށް އިލްތިމާސް ކޮށް އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލި އުޅޭތޯ ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަމުން ދާކަމަށާ އެއާ ގުޅިގެން އިތުރު ގައުމުތަކުން ކޭސްތައް ފެނިގެންދާނެ ކަމަށް ބެލެވޭކަމަށެވެ.

“ މޭ އާއި ހަމައަށް ރާއްޖޭއިން އަދި އަވައްޓެރި ގައުމަކުންވެސް މަންކީޕްކްސް ކޭސް އެއް ފެނިފައެއް ނުވެއެވެ. އަދި 21 މަންކީޕޮކްސް އަކީ ބަލި ޖެހިފައިވާ މީހަކާ އެކު ގިނައިރު ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔަކަށް ވުމާއެކު، މިވަގުތު ރާއްޖޭގައި މި ބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވެއެވެ. އެހެން ނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު އިތުރު ގައުމުތަކުން ކޭސް ތައް ފެނިދާނެކަމަށް ބެލެވެއެވެ. އަދި އެއާ ގުޅިގެން ރާއްޖެއަށްވެސް ކޭސް އެއް އައުމަކީ އެކަށީގެންވާ ކަމެއްކެވެ.“ އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

 އެޗްޕީއޭން ބުނީ މިމަހުގެ 21 އާއި ހަމައަށް 12 ގައުމަކުން 92 ކޭސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އެޗްޕީއޭން ބުނީ މިއީ އާއްމުކޮށް ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެންނަ ބައްޔެއްނަމަވެސް އެގައުމުތަކާ ގުޅުމެއް ނެތްގޮތަށް ބަލި ފެތުރެން ފެށި ގޮތެއް ނޭނގި މިބަލި ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެން ފެށުމާއި ގުޅިގެން އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލަމުން އަންނަކަމަށާ އެގޮތުންމި ބަލި ފަތުރާ ޖަރާސީމަށް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ވެސް ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.

މަންކީޕޮކްސްއަކީ ސްމޯލްޕްކްސް ( ކަށިވިދުރި ) ޖައްސާ ވައިރަސްއާއި އެއް އާއިލާގެ  ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިން އިން މަންކީޕްކްސް ވެސް ރައްކާތެރިކޮށްދޭ ކަމަށް އެޕީއޭން ބުނެއެވެ. 1980 ވަނަ އަހަރު ދުނިޔޭން ކަށިވިދުރި ނައްތާލެވުމާއެކު އޭގެ ވެކްސިން ޖެހުން ހުއްޓާލުމަށްފަހު މިވީ އަހަރުތަކުގެ ތެރޭގައި މަންކީޕޮކްސްގެ ކޭސްތައް، ހާއްސަކޮށް މިދިޔަ 10 އަހަރުތެރޭ މި ބަލި އުޅޭ ގައުމުތަކުގައި ވަނީ އިތުރު ވެފައި ކަމަށް ވެސް އެޗްޕީއޭން ބުނެއެވެ.

ބަލީގެ އަލާމަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހުން އައިސް، ގައިގައި ރިއްސާ ވަރަށް ބޮޑަށް ވަރުބަލިވެ ބޮލުގައާއި ކަރުގައި ރިއްސުމާއި އަދި ކިހިލީގައާއި އުކުޅުވަޅުގައި ގޮށްލާކަމަށް ވެއެވެ.

އެޗްޕީއޭއިން ބުނީ 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާކަމަށާއި އެންމެ ފުރަތަމަ ބިހިތައް ހުންނާނީ ފަތިކޮށްކަމަށެވެ.

އާންމުކޮށް ގައިންގަޔަށް އަރާ ބަލިތަކާއި ހިލާފަށް މިބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހިގެންނާއި ބަލި މީހާ ބޭނުންކޮށްފައި ހުންނަ ތަކެތީގައި އަތްލުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް