ލޯންޗް އެކްސިޑެންޓް: ހާލު ސީރިއަސްވި އެކަކު މާލެ ގެނެސްފި

Loading

Facebook
Twitter
WhatsApp

ގއ. ވިލިގިލީ ފަޅަށް ލޯންޗެއް ވަންނަން އުޅުމުގެ ތެރޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފަސް މީހުންނާއެކު ދަތުރުކުރި ލޯންޗް ބަދަރަށް ވަންނަން އުޅުނު ވަގުތު ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ދެ މީހަކު މަރުވފައިވާއިރު، ދެންތިބި ތިން މީހުންނަށް ވެސް އަނިޔާވެ މީހުންވެސް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށް ވިލިގިލީ ކައުންސިލުން ބުނެއެވެ.

 އިތުރުފަރުވާއަށް މާލެ ގެނައީ އެ ތިންމީހުންގެ ތެރެއިން ހާލު ބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 30 އަހަރުގެ ދިވެހި ފިރިހެން މީހާ އެވެ.

އޭނާއަށް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭ ފަތިހު 4:00 ހާއިރު އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓްގައެވެ.

ގއ.ވިލިނގިލީ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ނުރައްކާތެރި މި އެކްސިޑެންޓް ހިނގީ ރޭ 9:00 ހާއިރު ވިލިގިއްޔަށް ވަންނަން އުޅުނު ލޯންޗް ބަނދަރު ނެރު ފައިކަށީގައި ޖެހި ގެންނެވެ.
މި ހާދިސާގައި މަރުވި އެ ދެ މީހުން ވިލިގިލީގައި ހުންނަށް އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ގއ. ވިލިގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ އުރަހަ، އަހުމަދު ޝާފިއު އެވެ. މިސްބާހަކީ އެކްސިޑެންޓްވި ”ނީމޯ“ ލޯންޗުގެ ވެރި މީހާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް