ގައިދީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލިގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވެފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އއ. ހިމަންދޫ ހެޕީ ރެސްޓް އަލީ މުހައްމަދު (58 އަހަރު) ކަމަށެވެ.

އޭނާ މަރުވީ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް ވުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު ހާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު 3:20 ހާއިރު ކަމަށް ވެސް ގައިދީން ބަލަހައްޓާ ކަރެކްޝަން ސާވިސް އިން ބުނެއެވެ.

އަލީ މުހައްމަދަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ.

ކަރެކްޝަން އިން ބުނީ އަލީ މުހައްމަދު ހޮސްޕިޓަލަށް ގެންދިއުމާއެކު އޭނާގެ އާއިލާ އަށް މައުލޫމާތު ދީފައިވާނެކަމަށެވެ. އަދި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އަށާއި ފުލުހުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވެސް އަލީ މުހައްމަދުގެ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ވެސް ކަރެކްޝަނުން މައުލޫމާތުދެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް