ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން  ބުނީ ގޭސްފުޅި ގޮވާފައި ވަނީ މ. އުނިގަސްމަގުގައި ހުރި ގެއެއްގައި ކަމަށެވެ.  މި ހާދިސާއާއި ގުޅިގެން އަނިޔާވެފައިވާނީ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ފުލުހުން ބުނީ އެ މީހާއަށް މާބޮޑު ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.


ގޭސްފުޅި ގޮވަން މެދުވެރިވި ސަބަބު ވެސް އަދި ސާފެއް ނުވެ އެވެ.

ފުލުހުން އަންނަނީ ހާދިސާ ހިނގި ގޭގައި ހަރަކާތްތެރިވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް