ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސްވާނެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސް ވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ  ހެނދުނު 10 އަކުން ފެށިގެން މިރޭ ހަތެއްޖެހުމާ ހަމައަށް  މޫސުމް ގޯސް ވާނެކަމަށް ލަފާކޮށް ހއ. އަތޮޅާއި މ. އަތޮޅާއި ދެމެދަށް ރީނދޫ އެލާޓް ނެރެފައެވެ.

އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކަނޑުގަދަވާ ދުވަސްވަރު ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް