މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި މޫދުކުޅިވަޅު ކުޅުން މަނާ ކޮށްފި

ގެސްޓް ހައުސް ވިޔަފާރީގައި އެއްވަނައިގައި އޮތް މާފުށީގެ ޖަލު ހިމެނޭ ސަރަހައްދުގައި މޫދުކުޅިވަރު ކުޅުން މަނާކޮށްފި އެވެ. މާފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މާފުށީ ޖަލު ސަރަހއްދުގައި ގިނަ ކުޅިވަރުތަކެއް ވަނީ މަނާކޮށްފައެވެ. ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ޕެރަސެއިލިންގއާއި ޑްރޯން އެރުވުމުގެ އިތުރުން، މާފުށި ޖަލުގެ އައްސޭރިފަށް ހިމެނޭ ސަރަހައްދުން ޖެޓްސްކީ ފަދަ މޫދު ކުޅިވަރުތައް ބޭއްވުމަކީ މަނާކަމެއްކަމަށެވެ. މާފުށީ ކައުންސިލުން ބުނީ ޖަލު ސަރަހައްދުގައި […]

ކީރިތި ރަސޫލާއަށް ފުރައްސާރަކުރިކުރުން ޝަހީމް ކުއްވެރިކުރައްވައިފި

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިންޑިއާގވެރިކަންކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު އެ ގައުމުގެ ޓީވީއެއްގައި ދެއްކި ވާހަކަތައް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުށްވެރިކުރައްވައިފިއެވެ. ޝަހީމް ވިދާޅުވީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު އިސްލާމްދީނުގެ މަތިވެރި ނަބިއްފުރައްސާރަކުރި ކުރުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. ތަރުޖަމާނު ދެއްކި ވާހަކަތަކާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި […]

ވިލިގިލީގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި

ގއ. ވިލިނިގިލީގައި 50 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. ދޮންބޭޒްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ. ތިން ކޮޓަރީގެ މި ހައުސިން މަޝްރޫގައި ހިމެނޭ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުރެއެވެ. އަދި މި ހައުސިން ޔުނިޓްތަކުގައި  ތިން ފާހާނާ، […]

އާންމުންނަށް ހުޅުވާލި 100 ކޯޓާގެ ގުރުއަތުލުން އަންނަ ހޯމަގައި

މިއަހަރު ހައްޖަށް މީހުންގެންދިއުމަށް ރާއްޖެއަށް ލިބުނު ކޯޓާތަކުގެ ތެރެއިން އާންމުންނަށް ހުޅުވައިލި 100 ކޯޓާއަށް އެދުނު ފަރާތްތަކުގެ ގުރުއަތުލުން އަންނަ ހޯމަ ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.  މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން ގެންދިއުމަށް ދިވެހި ރާއްޖެއަށް ލިބިފައިވާ 453 ކޯޓާ ސަރުކާރުން ދީފައިވަނީ ހަމައެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ޖާގަ ހާއްސަކޮށްފައިވަނީ އާންމުނަށެވެ. […]

ވޭޕްކުރުމަކީ ކޫލް ކަމެއް ނޫން، އޭގެއިން ފުއްޕާމޭ ފަޅައިގެންދޭ: ޑރ. މުހައްމަދު އަލީ

ވޭޕްކުރުމަކީ ކޫލް ކަމެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ފުއްޕާމޭ ފަޅައިގެން ގޮސްދާކަމުގެ އިންޒާރު ރާއްޖޭގެ މަޝްހޫރު އެތެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ މިއަދު ދެއްވައިފިއެވެ.ވޭޕްގެ ނުރައްކާ ހާމަކުރެއްވުމަށް ފޮޓޯ އަކާއެކީ މިއަދު ކުރެއްވި ޓްވީޓެއްގައި ޑޮކްޓަރު ވިދާޅުވީ ފޮޓޯއިން ފެންނަ ލެއަކީ ވޭޕްކުރާ މީހެއްގެ ފުއްޕާމޭގެ ވަށައިގެން އިންނަ ދުލިފަށް ދޭތެރެއަށް ފުއްޕާމޭ ފަޅައިގެން އެޅިފައިހުރި ލޭ ކަމަށެވެ. ”ވޭޕުން ފުއްޕާމޭ ފަޅައިގެންދޭ!! އެއީ ކޫލްއެއްޗެއްނޫން.“ ޑޮކްޓަރު ކުރެއްވި ޓްވީޓްގައި ވެއެވެ. ޑޮކްޓަރު ހާމަކުރެއްވި ޕޮޓޯގައި […]

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން އާންމުކޮށްފައިވަނީ ހއ. ހޯރަފުށި، ހޯޓެންސިޔާ، އަޖުވަދު ސަމީރު ( 41)  ހޯދުމަށެވެ. ފުލުހުން ބުނީ ސަމީރު ހޯދަމުން އަންނަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ. […]

ހައިކޯޓް ފަޑިޔާރު އަބްދުލްރައޫފް އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އަބްދުއްރައޫފް އިސްތިއުފާ ދެއްވާފައި މިވަނީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ އެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލާފައިވަނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށް ނިންމާ މަޖިލީހުން ވަނީ އަލުން އެ ކޮމިޝަނަށް މައްސަލަ ފޮނުވާލާފަ އެވެ. އެ މައްސަލައިގައި ފަޑިޔާރު އަބްދުއް ރައޫފްގެ އިތުރުން ފަނޑި އަބްދުއްލާ ހަމީދުވެސް ހިމެނިވަޑައިގަންނަވައެވެ. އެ ދެ […]

ޔާމިންގެ ގެކޮޅުން ބެނާ ނެގުމުގެ އަމުރު ގާނޫނާ ހިލާފުކަމަށް ހައިކޯޓުން ކަނޑައެޅީ ގޯސްކޮށް: ނަޝީދު

ކުރީގެ ރައީސް އަބްދުއްލާ ޔާމީންގެ ގެކޮޅުގައި ހަރުކުރި ”އިންޑިއާ އައުޓް“ ބޮޑު ބެނާ ފުލުހުން ނެގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށާއި ފަޑިޔާރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފި އެވެ. އިދިކޮޅު ލީޑަރު ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ”އިންޑިއާ އައުޓް“ ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންދިޔައީ އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް […]

ކަނޑުގަދަވެ، ބޮމުގެ ހަމަލާގެ ޝަރީއަތް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ކަނޑުގަދަވެ ކެންސަލްކޮށްފިއެވެ. މިދިޔަ އަހަރުގެ މޭމަހު 6 ވަނަ ދުވަހު  ދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.  މި މައްސަލައިގެ އަޑުއެހުމެއް މިއަދު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ގަނޑިޖެހެން 10 ވަރަކަށް މިނިޓެއްވެފައި ވަނިކޮށް ކަރެކްޝަނަލް ސާވިސް އިން ވަނީ ކޯޓަށް މީހުން ހާޒިރުކޮށްދެވެން ނެތްކަމަށް އަންގާފައެވެ. ކަރެކްޝަންސް އާއި […]

ދަރަނި ދެއްކުމުގައި ކައިރި މުސްތަގްމަލެއްގައި ނުރައްކަލެއް ނެތް: އަމީރު

ރާއްޖެއިން ދައްކަންކަންޖެހޭ ދަރަނި ދެއްކުމުގައި ކައިރި މުސްތަގްބަލެއްގައި ނުރައްކަލެއް ނެތް ކަމަށާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ކުރާ މަސައްކަތަށް މައުލޫމާތު ދެއްވުމަށޤ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ދަރަނި ދެއްކުމުގެ  ރާއްޖެއިންވަނީ ތައްޔާރުވެފައިވާ ކަމަށެވެ. ”އެހެންވެ ކައިރި މުސްތަގްބަލުގައި ރާއްޖެއަށް ދަރަނި […]