ރާއްޖޭގެ ހަގީގީ އިގުތިސާދީ މާހިރަކީ ގާސިމް އިބްރާހީމް

އޮނަރަބްލް ގާސިމް އިބްރާހީމް ރާއްޖޭގެ ފިނޭންސް މިނިސްޓަރަކަށް ވަޑައި ގެންނެވި އިރު އާމުދަނީގެ ގޮތުގައި ރާއްޖެއަށް ލިބެނީ 7 ބިލިއަން ރުފިޔާއެވެ. މި މިންވަރަކީ ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ހައްގުތައް ފުއްދައި ދެވޭވަރުގެ އާމުދަނީއެއް ނޫނެވެ. އެހެންކަމާއެކު އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި އެކިގޮތް ގޮތުން ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރު ކުރުމުގެ ޢަމަލީމަސައްކަތް ފައްޓަވައި ދެއްވިއެވެ. ޓޫރިޒަމް ދާއިރާއިންނާއި ވައިގެ ދަތުރުފަތުރު ކުރާ ފަރާތްތަކުން ޓެކްސް ނެންގެވުމަށް ނިންމަވައި ގާނޫނުތަކާއި ގަވާއިދުތައްތައް ހެއްދެވިއެވެ. […]

މަގުބޫލު ކަން ހޯދުމަކީ ސިޔާސީ ވެރިންގެ ފަލްސަފާއެއް

ރިޔާސީ އިންތިޚާބު ކައިރި ވީވީހެން ރައްޔިތުންގެ މަގުބޫލު ކަން ހޯދުމަށްޓަކައި ސިޔާސީ ވެރިން އެކި ޕޯޑިއަމް ތަކުގައި ރައްޔިތުން ރުހޭހާ ވާހަކަ ތަކެއް ދައްކަމުން ދާނެއެވެ. ނިމިދިޔަ ދެ ވެރިކަމުގައި ރާއްޖޭގައި ވަނީ ރަޙުމް ކުޑަ ގޮތަކަށް އެތައް ބަޔަކު މަރާލައި އެކަންކަން މަތިއަޅައި އޮމާން ކޮށް ސިއްރު ކޮށްފައެވެ. މި ކަން ކަމުގެ އަޑީގައި ތިބި މީހުންނާއި މިކަން ކުރަން ފައިސާ ޚަރަދު ކުރި ފަރާތްތައް ދެނެގަތުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. އަދި މީގެ އިތުރުންވެސް […]

މިގައުމުގައި މިނިވަންކަމާއެކު އުޅުމުގެ މިނިވަންކަން ހޯއްދަވައި ދެއްވާ!

ސައްތައިން ސައްތަ އިސްލާމް، މިރާއްޖޭގެ ރައްޔިތުންނަކީ ޚުލްޤު ހެޔޮ އޯގާވެރި ބައެކެވެ. އެކަކަށް ކަމެއް ވެއްޖެނަމަ ހުރިހާ އަވަށްޓެރިން އެގެއަކަށް ގޮސް ޙާލު އަހުވާލު ބަލައި ދަތިވާކަންކަން ކޮށްދީ ގާތްކަން ދަމަހައްޓާ ބައެކެވެ. އަވަށްޓެރީން ގެދޮރު ބިނާކުރުމުގައި މަސައްކަތް ކުރަނީވެސް އަވަށްޓެރީން ގުޅިގެންނެވެ. ރޭގަނޑު ޢިޝާނަމާދު ކޮށްގެން ކައިރި ގޭގޭ މީހުން ގާތްތިމާގެ މީހުންނަށާއި ރަޙުމަތް ތެރީންގެ ގޭގެއަށް ޒިޔާރަތް ކޮށް ޙާލު އަހުވާލު ބަލައި އެއްސުފުރާމަތީގައި ކައިބޮއި ގާތްކަމާއި އެކުވެރި ކަން ދަމަހައްޓައެވެ. މީހަކު ބަލިވެއްޖެނަމަ […]

ކޮންމެ ވެރިކަމެއް ނިންމާލަނީ ގައުމު ބަނގުރޫޓް ކޮށްލާފައި

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ތަރިކަ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ދޭނޭފަރާތެއް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެއެވެ. މިގޮތުން އިންތިޚާބު ކުރާ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުން ޙަވާލުކުރާ ވެރިކަން އަމާނާތް ތެރިކަމާއެކު އަދާކުރުން މަތީގައި ދެމިހުރުމަށް ރައްޔިތުންގެ ކުރިމަތީގައި ﷲ ގަންދީ ހުވާ ކުރައްވައެވެ.      މި ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެވެނީ ސުންނަތް ޖަމާޢަތުގެ މުސްލިމުންނަށެވެ. އެހެން […]

މާލޭ ޖަލުގައި ޝަރީޢަތް ނިމެންދެން އެތައް ޒުވާނުން ގެންގުޅެނީ ކުކުޅު ގެންގުޅޭހެން

މަސްތުވާ ތަކެތީގެ މައްސަލަތަކާ އަދި މިނޫންވެސް ގިނަ މައްސަލަތަކުގައި ޝާމިލްވާ ގިނަ ބަޔަކު މާލޭ ޖަލުގައި ހައްޔަރު ކޮށް ޝަރީޢަތް ނިމެންދެން ގެންގުޅެނީ އަސާސީ ގިނަ ޚިދުމަތް ތަކުން މަޙުރޫމް ކޮށްގެނެވެ. މުޖުތަމަޢުގެ ސަލާމަތަށް ކަމަށް ބުނެ ޝަރީޢަތް ނިމެންދެން އެތައް ސަތޭކަ ރައްޔިތުން މާލޭޖަލަށް ލާފައި ވާއިރު އަހަރަކު އެއްފަހަރުވެސް ޝަރީޢަތުގެ މަޖިލީހެއް ނުބޭއްވި ދިއުމަކީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. ހަތަރު މީހުންގެ ގޮޅިއަކަށް 10 މީހުން ލާފައި ތިބޭއިރު ގޮޅީގައި […]

ޢުމުރުން 60 އަހަރު ވާ ރައްޔިތު މީހާއަށް ދައުލަތުން ހައްގުވާ މިންވަރެއް ނެތް

ރާއްޖޭގެ އާބާދީގެ %35 އިންސައްތަ ރައްޔިތުންނަކީ އުމުރުން 60 އަހަރުން މަތީގެ ފިރިހެނުންނެވެ. މި އުމުރުގެ މީހަކު ސަރުކާރަށް ދިގުމުއްދަތެއް ވަންދެން ޚިދުމަތް ކޮށްދީފައި ނުވާނަމަ ލިބޭނެ ޕެންޝަނެއްވެސް ނެތެވެ. ރަނގަޅު ސިއްހަތެއްގައި ހުއްޓަސް އެމީހާއަށް ސިވިލްސާވިސްގެ ވަޒީފާއެއް ވެސް ޙައްގެއް ނޫނެވެ. ވިޔަފާރި ކޮށްގެން އާމްދަނީއެއް ހޯދުމަށްޓަކާ ބޭންކް ލޯނުގަނޑެއްވެސް ޙައްގެއްނޫނެވެ. ހަމަ އެހެންމެ ބޯހިޔާ ވަހިކަމަށް ބޭނުން ވެފައި ހުއްޓަސް ފޯމު ހުށަހެޅުމުގެ ހައްގުން ވެސް އެމީހާ މަޙުރޫމް ވެދެއެވެ. ޢުމުރުން 60 އަހަރުވާ […]

ހުޅުމާލެ ކުނިގޮނޑަކަށް

މާލޭ ސަރަޙައްދު ކުނިބުނިން ރައްކާތެރި ކުރުމަށް އުފައްދާފައިވާ ކުންފުނި ވެމްކޯއިން ހުޅުމާލޭގެ ބައެއްފުލެޓް ތަކުން ނެރޭ ކުނިބުނި ނުނަގައި ބެހެއްޓުމުގެ ސަބަބުން އެސަރަޢްދު ތަކުގައި ނުރައްކާތެރި ބައްޔެއް އުފެދިދާނެ ކަމުގެ ބިރާ ކުރިމަތި ލާން ޖެހިއްޖެއެވެ. ހުޅުމާލޭ ޣާޒީ ސްކޫލްގެ ފުރަގަހުގައި އޮންނަ އިރުދޭމާހިނގުމުގެ ޕޭމަންޓް މަތީގައި ގިނަ ޢަދަދެއްގެ ކުނިބުނި އުކާނުލައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ކުނިބުނި ތަކުގެ ތެރޭގައި ކުނިވެ ނުބައި ވަސްދުވާ ބާވަތްތަކުގެ ކުންޏާއި ގުއި ނެޕީފަދަ ތަކެތި ހިމެނިފައިވާއިރު […]

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން މެކުހަށް

މިފަހަކަށް އައިސް ރާއްޖެ އަށް މަސްތުވާ ތަކެތި އެތެރެ ކުރުން މެކުހަށް ޖަހައިފިއެވެ. ސައްތައިންސައްތަ އިސްލާމުން ދިރިއުޅޭ މި ގައުމުގެ ޒުވާނުން މަސްތު ކުރުވައިގެން ގައުމުގެ ވެރިކަން ކުރި ޒަމާނެއް ވެސް މާޒީއާ އެކުވެ ނިމިއްޖެއެވެ. ރާއްޖެއަށް ހަތިޔާރާއި ފަޓާސް ފަދަ މަނާ ބާވަތް ތައް އެތެރެ ކުރާ ވާހަކައެއް ނުއިވެއެވެ. އެހެނަސް ސަތޭކައިން ދުއިސައްތައިން ކިލޯކިލޯގެ މަސްތުވާތަކެތި އެތެރެ ވަމުންދާ ވާހަކަ އަކީ މިފަހަކަށް އައިސް އާންމު ވާހަކައެކެވެ. ސުވާލަކީ މިހާ ގިނަ މަސްތުވާތަކެތި އެތެރެ […]

ދަތި ފިލާވަރަށް ފައިސާ ދީފިނަމަ ދިވެހި މުސްލިމުން އެބައި މީހުންގެ ދުލިބާލާނެ

maldives news

މިހާރަކަށް އައިސް ދިވެހި ބައެއް މުސްލިމުންގެ ޢަޤީދާ ބަލިކަށިވެ، ފައިސާއަށް ޓަކައި އިސްލާމް ދީން މަނާކުރާ އެތައް ކަމެއް ކުރަމުން އެބަގެންދެއެވެ. އެގޮތުން ރިޝްވަތު ހިފުމާއި ވައްކަން ކުރުމާއި ހުއްދަނޫން ގޮތްގޮތަށް ފައިސާ ހޯދުން ފަދަ ޙަރާމް ކަންކަން މިވަނީ ޢާންމު ވެފައެވެ. ކިތަންމެ ފައިސާއެއް ތިމާގެ އަތުގައި ހުއްޓަސް މަރުގެ ކުރިމަތީގައި އެފައިސާއިން ކުރާނެ އެއްވެސް މަންފާއެއް ނެތެވެ. މަރުވެގެން ދާހިނދު އެންމެ ފައިސާ ފޮއްޗެއް ވެސް ނުގެންދެވޭނެ އެވެ. ކަން މިހެން ހުރިނަމަވެސް ގިނަ […]

ފުންކޮށް ވިސްނުމަށްފަހު މެނުވީ ގައުމަށް ވެރިޔަކު އިޚްތިޔާރު ނުކުރާށެވެ!

Maldives Dhivehi News

މި ގައުމުގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމުގެ ލިސްޓުން އިސްތިސްނާވާ ބޭފުޅަކަށް މެނުވީ ގައުމުގެ އެންމެ މަތީވެރިކަން ދީގެން ނުވާނެއެވެ. އަދި އެބޭފުޅަކު ވާންޖެހޭނީ ގައުމުގެ އިގުތިސާދު ފުޅާކޮށް ގައުމު ދަރާފައިވާ ދަރަނިތަކުން ސަލާމަތްކޮށް ދެވޭ ވަރުގެ އިގުތިސާދީ މާހިރަކަށެވެ. ވައްކަމާއި ފަސާދައާއި އިސްރާފު ބޮޑުވެ ގައުމުގެ ޚާޒާނާ ހުސްވުމުން އޭގެ ނޭދެވޭ އަސަރު ތަޙައްމަލް ކުރަން ޖެހެނީ ރައްޔިތުންނަށެވެ. ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫޢުތަކަކީ ވެރިންގެ ޖީބުތައް ފުރާލުމަށް ޓަކައި […]