ހުޅުމާލެ ކުނިގޮނޑަކަށް

Loading

Facebook
Twitter
WhatsApp

މާލޭ ސަރަޙައްދު ކުނިބުނިން ރައްކާތެރި ކުރުމަށް އުފައްދާފައިވާ ކުންފުނި ވެމްކޯއިން ހުޅުމާލޭގެ ބައެއްފުލެޓް ތަކުން ނެރޭ ކުނިބުނި ނުނަގައި ބެހެއްޓުމުގެ ސަބަބުން އެސަރަޢްދު ތަކުގައި ނުރައްކާތެރި ބައްޔެއް އުފެދިދާނެ ކަމުގެ ބިރާ ކުރިމަތި ލާން ޖެހިއްޖެއެވެ.

ހުޅުމާލޭ ޣާޒީ ސްކޫލްގެ ފުރަގަހުގައި އޮންނަ އިރުދޭމާހިނގުމުގެ ޕޭމަންޓް މަތީގައި ގިނަ ޢަދަދެއްގެ ކުނިބުނި އުކާނުލައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ކުނިބުނި ތަކުގެ ތެރޭގައި ކުނިވެ ނުބައި ވަސްދުވާ ބާވަތްތަކުގެ ކުންޏާއި ގުއި ނެޕީފަދަ ތަކެތި ހިމެނިފައިވާއިރު މި ކުނިބުނިތަކަށް ޒިންމާ ވާނެ ފަރާތެއް ވެސް ނެތެވެ.

މި ކުނިބުނިތައް ހުރި ސަރަޙައްދު ގެ ބައެއް ފުލެޓް ތަކުން ބުނީ ވެމްކޯއަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ވީނަމަވެސް ވެމްކޯއިން މި ކުނި އުކާލުމަށް ދެކޮޅުހަދާ ކަމުގައެވެ.

ވެމްކޯއިން މި ކުނި އުކާނުލި ނަމަވެސް ގަވާޢިދުން ކުނިބަހައްޓަމުން ގެންދާނޭ ކަމަށާއި ކުނީގެ ފީ ނުދައްކާ ފުލެޓެއްގެ ކުނި ބުނި މި ވޯކްވޭގައި ނުހުންނާނޭ ކަމަށްވެސް އެފަރާތް ތަކުން ބުނެއެވެ. ވެމްކޯއިން ބުނަނީ ކުނީގެ ބިލްތަކަށް ފައިސާނުދައްކާ ފަރާތްތަކުގެ ކުނި އުކާލެވެން ނެތްކަމުގައެވެ.

އިރުދޭމާހިނގުމުގައި ހުރި މިދެންނެވި ކުނިބުނިތައް ބަހައްޓަނީ ފީނުދައްކާ ފުލެޓްތަކުން ތޯ ވެމްކޯއިން ބަލާފައެއް ނުވެއެވެ. އެސަރަހައްދުގެ ބައެއް ފުލެޓްތަކުން ކުނީގެ ފީ ނުދެއްކި ނަމަވެސް ފީދައްކާފައި ވާ ފުލެޓްތަކުގެ ކުނި ބެހެއްޓިގެން ނުވާނެ ކަމަށާއި ކޮންމެދުވަހަކު ވެސް ކުނި ބަހައްޓަނީ ވެމްކޯއިން ބުނާ ތަނެއްގައި ބުނާ ގަޑިއެއްގެ ކުރިން ކަމަށް ފުލެޓްތަކުގައި އުޅޭ މީހުން ބުނެއެވެ.

ކުނިބުންޏަކީ ޒާތްޒާތުގެ ބަލިބަލި އުފެދިދާނޭ އެއްޗަކަށް ވާއިރު ރައްޔިތުންގެ ސަލާމަތަށާއި ސިއްހީފަރާތްތަކުގެ ސަމާލުކަމަށްޓަކާ މި ވާހަކަ ދަންނަވަމެވެ.

 

Loading

One Response

  1. ތިއީބޮޑު މައްސަލައެއް. މާލޭގައިވެސް ގޯޅި ގޯޅީގައި ހަމަ ތިމައްސަލަ ބޮޑު. ވެމްކޯއަށް ފައިސާ ނުދައްކާ ގޭގެއިން ގޯލިތެރޭގައި ހަމަ ކޮންމެ ދުވަހަކުހެން ކުންޏާއި ފުޅަވެފައިހުންނަ މަސްކަނޑާފައި ހުންނަ ތަކެތިވެސް ނެރެ ބަހައްޓަނީއެވެ. ސިޓީކައުންސިލުން އެހެން އުޅެފާ އުކާލައެވެ. ހަމަ އުކާލާއިރަށް ދެން ހުރި އެފަދަ ތަކެތި ނެރެއެވެ. ސީސީޓީވީ ބަހަށްޓައިގެން ވެސް މިކަމަށް ޙައްލެއް ހޯދަން އެބަޖެހެއެވެ. މަށަށް ފެނުނި ދެތަނެއްގައި މިގޮތަށް ހަދަނީ އެ ގޯޅިތެރޭގައި ކުދިކުދި ތަންކޮޅު ހިފައިގެން އުޅޭ ބޭރުމީހުންނެވެ. ތަރުކާރީ ވެސް ގެނައިސް އެ އުޅޭ ކޮޓަރި ގަނޑަށް ކޮއްޕައިގެން ދުވާލު ނެރެ ގޯޅިގަނޑުގައި ބަހަށްޓާ ދުވާލު އެތަކެތި ވިއްކަން ކޮންމެވެސް ދިމާލަކަށް ފޮނުވައެވެ. ޑިމޮކްރެސީ ފަށްކާވެ ގައުމުގައި މިވަނީ ވެރިއެއް ގެރިއެއް ނެތިފައެވެ. ގަދަ މީހާ ގަދައެވެ. އެމީހަކާ އެމީހެކެވެ. ސަރުކާރުން އުޅުއްވަނީ ޕޮލިސްގެ ބޮޑީކެމެރާ ހަރުނުކުރެވިގެނެވެ. ވަރަށް ސަކަރާތް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް