ގޯތި ގެދޮރަކީ ބޯހިޔާވަހިކަން ނެތް އެންމެންނަށް ހައްގުވާ އެއްޗެކެވެ.

ގޯތި ގެދޮރަކީ ސަރުކާރުގެ މުވައްޒަފަކަށް ވީތީ ޓީޗަރަކަށް ވީތީ ޑިރެކްޓަރަކަށް ވީތީ، ނުވަތަ އަލަތުކައިވެނި ކުރީތީ ހައްގުވާއެއްޗެއް ނޫނެވެ. ގޯތި ގެދޮރަކީ ބޯހިޔާ ވަހިކަން ނެތް ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހައްގެކެވެ. ގޯތި ގެދޮރު ދިނުމަށް އޮތް ހަމައެކަނި ޝަރުޠަކީ ބޯހިޔާ ވަހިކަން ނެތުމެވެ. އަމިއްލަ ބޯހިޔާ ވަހިކަން ނުލިބި ބޮޑުކުލި ދީގެން ދިރިއުޅޭ ރައްޔިތުމީހާ ތަޙައްމަލް ކުރަމުން އެދާ ހިތްދަތިކަމާއި ނިކަމެތިކަން އިހުސާސް ކުރެވޭނީ ހަމައެކަނި އެމީހާއަށެވެ. ގެދޮރުގެ ތަނަވަސްކަން ހުރި މީހަކަށް ބޯހިޔާ […]
މިނީ ބަސް: ދަތުރު ފެށޭނީ ކޮންއިރަކުންބާ!

މާލޭ ސަރަހައްދު ބޮޑުވެ އަތްގުޅި ނުކާ ވަރުވެއްޖެއެވެ. މާލެ ސިޓީއާއި ހުޅުމާލޭ ސިޓީއާ ދެ ސިޓީ އެކުވެފައި ވާއިރު ދެ ސިޓީގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދޮޅުލައްކައަށް ވުރެ ގިނަމީހުން އެބަ ދިރިއުޅެއެވެ. ވެހިކަލް ނެތް މީހުން މަދެއްނޫނެވެ. ކުލީ ޓެކްސީތަކާއި ބަސްތަކުގެ ކުލި އޮތީ ރައްޔިތަކަށް ލިބޭ އާމްދަނީގެ ނިސްބަތުން އަތްނުފޯރާ ފަށުގައެވެ. މިނީ ބަސްދަތުރުފެށުމުގެ ވަޢުދަކީ މިހާރުގެ ރައީސް ވެރިކަމާ ޙަވާލުވުމަށްފަހު 100 ދުވަހުގެ ތެރޭގައި ފުއްދަވާ ދެއްވަން ވިދާޅުވި އެއް ވަޢުދުވެސް މެއެވެ. […]
ކުރީ ސަރުކާރުގެ ވައްކަމޭ ކިޔާނެކަމެއް ނެތް. މިހާރުވެސް ކުރަމުން ދަނީ ވައްކަން

ނިމިދިޔަ ސަރުކާރުގެ އިސް ވެރިން ދައުލަތުން ވައްކަން ކޮށްފައި ވަނީ ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތައް ކަސްތޮޅު އަޅުވައިގެން ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެމުން އެބަގެންދެއެވެ. ރައީސް ޔާމީނު ވިދާޅުވާ ޣައްދާރުންނަކީ ކުރީ ސަރުކާރުގެ ބައެއް އިސްވެރިންނެވެ. އެމަނިކުފާނު ވަނީ އޭގެ ތެރެއިން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު ވެސް އަޅުއްވާފައެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ތިލަވެ އަދީބާއި ޒިޔަތުގެ މައްޗަށް ވައްކަމާއި ޚިޔާނާތުގެ މައްސަލަ ސާބިތުވެ ހުކުމް ކުރެވުނީ ރައީސް ޔާމީނު އިސްނަންގަވައިގެން ފެއްޓެވި […]
50 އިންސައްތަ ވޯޓު ނުލިބޭ ކެންޑި ޑޭޓަކަށް ގައުމުގެ ރައީސްކަން ކުރެވިގެން ނުވާނެ

ގައުމެއްގެ ރިޔާސީ އިންތިޚާބު 50 އިންސައްތަ އިން ކާމިޔާބު ނުކުރެވޭ ކެންޑިޑޭޓަކު ރައީސް ކަމަށް އިންތިޚާބު ވާގޮތަށް އެއްވެސް ގައުމަކު ރިޔާސީ ނިޒާމެއްގައި އޮންނައެޑެއް އަދި ނާހަމެވެ. އެގޮތަށް ގަބޫލުނުކުރެވެނީ ޔަގީނުންވެސް ސަބަބުތަކަކާއި އެކުގައި ކަން ކަށަވަރެވެ. މިރާއްޖޭގެ ރިޔާސީ އިންތިޚާބު ކޯލިޝަނަކުން ނޫނީ ކާމިޔާބު ނުކުރެވޭ މައްސަލަ ދެނެ ގަނެ އެކަން ރަނގަޅު ކުރުން މާ މުހިންމު ކަމުގައި ދެކެމެވެ. އަދިވެސް މިފެންނަގޮތުން ބާޢީންނާއި ނުވަތަ ގާޒީންނާއި އެކުގައިނަމަވެސް ކޯލިޝަން ނުހަދާ މިރާއްޖޭގެ ރިޔާސީ އިންތިޚާބު […]
ކަރަންޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ހެއްޔެވެ؟

ކޯވިޑްގެ ޢާލަމީ މުޞީބާތާ ވިދިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ރައްޔިތުންގެ މާލީ ޙާލަތު ވަނީ ނުހަނު ދަށަށް ގޮސްފައެވެ. މިހެން ދިމާވުމުން އަސާސީ ޚިދުމަތުގެ ނަމުގައި ދައުލަތުން ދެއްވާ ކަރަންޓްގެ ޚިދުމަތަށް ދޭންޖެހިފައިވާ ފައިސާ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ވަނީ ދެއްކޭނެ ގޮތް ނުވެ ސްޓެލްކޯއަށް ދަރާފައެވެ. އަޅުގަނޑު މިވާހަކަ މިދަންނަވަނީ ސްޓެލްކޯގެ ވެރިންނާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނުވަތަ ނަފްރަތު ކަމެއްވެސް ނެތްކަން ހާމަ ކުރަމުންނެވެ. ނިކަމެތި ފަގީރުންގެ ޙާލަތުގެ މައްޗަށް ބަލައި […]
ވަޒީފާއިން ލިބޭ ހުރިހާ ފައިސާ ދެކޮޅު ދަތުރަށް

ހުޅުމާލެ ސިޓީގައި ދިރިއުޅޭ ގިނަ ރައްޔިތުން ވަޒީފާ އަދާކުރަނީ މާލޭގައެވެ. ހެނދުނު ވަޒީފާއަށް ދާން ބަހަށް 20 ރުފިޔާ ވަޒީފާ ނިންމާފައި ރަށަށް އައުމަށް 20 ރުފިޔާ، ރޭގަޑު 8.30ގައި ފިންގާ ޖަހަން އޮފީހަށް ދާން 20 ރުފިޔާ ފިންގާ ޖަހާފައި އެނބުރި ގެއަށް އައުމަށް 20 ރުފިޔާ ކޮންމެ ދުވަހަކު ޚަރަދު ކުރަން ޖެހެއެވެ. މިރޭޓުން ދުވާލަކު 80 ރުފިޔާ އަމިއްލަ ވެހިކަލެއް ނެތް މާލޭގައި ވަޒީފާ އަދާ ކުރާ ހުޅުމާލޭގެ ކޮންމެ ރައްޔިތަކު ޚަރަދުކުރަން […]
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ހެއްޔެވެ؟

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ހެއްޔެވެ؟ މިހެން ދަންނަވަން މިޖެހެނީ އުންމަތުގެ ތެރޭގައި އިސްލާމް ދީނުގެ ކުލަޔާއި ވަސް ތަޣައްރުވެފައިވާތީއެވެ. ފޮތެއްގައި ލިޔެފައި އޮތަސް މިގައުމުގެ ގިނަ ރައްޔިތުންގެ ކިބައިން އިސްލާމް ދީނުގެ ސިފަތައް ފެންނާކަށް ނެތެވެ. މުސްލިމުންނަކީ ފިތުނަ އުފެދޭ ބާވަތުގެ ކަންކަން ކުރާ ބައެއް ނޫނެވެ. އެހެނަސް ބައެއް ސިޔާސީ ފަރާތްތަކުން ގައުމު ފިތުނައިގެ ތެރެއަށް ގަންބާލުމަށް ކުރާ މަސައްކަތްތަކުގައި ދިވެހި މުސްލިމުން ބައިވެރި ވަމުން ދަނީ ބިރުގަންނަ ފަދަ ދަރަޖައަކަށެވެ. ފައިސާއަށް […]
ރައްޔިތުންނަށް ފެނިގެން ދާނީ ގޭންގުތައް މައިތިރި ކުރަން ނުކުންނަ ފޯސް މައިތިވާތަން

ހުރިހާ ގޭންގްތައް އުފެދުނީ މާލެއިންނެވެ. ގޭންގް ތަކުން ރައްޔިތުންނާ ބެހިއެއް ނުއުޅެ އެވެ، ގޭންގް ތަކަކީ ސަރުކާރުގެ މަތީ ފަންތީގެ ބޮޑުން އިސްވެ ތިއްބައިވައިގެން ޒުވާނުންނަށް ފައިސާ ދީގެން އެބޭފުޅުން ބޭނުންފުޅުވާ އެކި ޖަރީމާތައް ހިންގުމަށް ޓަކައި އެބޭފުޅުން ގެންގުޅުއްވާ ބައިގަނޑެކެވެ. ގޭންގްތަކަކީ ފައިސާދީގެން ފަނޑިޔާރުންނާއި ސިޔާސީ ފަރާތް ތަކަށް ބިރުދެއްކުން ފަދަ ކަންކަން ކުރުމަށް ބޮޑެތި ބޭފުޅުން އަޑީގައި ތިއްބަވައިގެން ގެންގުޅޭ ބައެކެވެ. ގޭންގުތަކާ ގުޅިފައިވާ ސިފައިންނާއި ފުލުހުން ތިބޭ ކަމުގެ މަޢުލޫމާތު ވެސް ލިބެއެވެ. […]
މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނަށް ބޭސްފަރުވާ ފަސޭހައިން ދެވޭނެ ގޮތެއް ނެތް

މާލޭ ޖަލުގައި މި ވަގުތު ސަތޭކައަށްވުރެ ގިނަ މީހުން ބަންދުގައި ތިބިއިރު އެފަރާތްތަކަށް ބޭސްފަރުވާގެ ޚިދުމަތް ރަނަގަޅަށް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންގެ ޢާއިލާތަކުން އެބަ ބުނެއެވެ. އަދި މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިންހަތަރު އަހަރު ވެފައިވާ އެތައް މީހުން ތިބި އިރު އިންސާނަކަށް ވީތީ ލިބެންޖެހޭ އެތަކެއް އަސާސީ ހައްގުތައް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންނާ ޙަވާލާދީ ބައެއް ޢާއިލާތަކުން މަޢުލޫމާތު ދެއެވެ. އެގޮތުން މިހާރު ވެސް މާލޭ ޖަލުގައި […]
ރާއްޖޭގެ ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ފެއިލު ވެފައި

ރާއްޖޭގެ ވެރިރަށް މާލެ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހަސްފަތާލުތަކުން އާންމު ބަލިތަކަށް މެނުވީ ގިނަ ފަހަރަށް ފަރުވާ ލިބުން އޮންނަނީ ދަތި ކަމަކަށްވެފައެވެ. މާލެ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައި ދިރި އުޅެމުން އަންނަ އިރު ތޮއްޖެހިފައި ވާ މިފަދަ ބޮޑު އާބާދީ އާ އެކަށޭނެ މިންވަރަށް ޑޮކްޓަރުން ނެތުމަކީ މިސަރަޙައްދުގެ ސިއްހީ ދުޅަ ހެޔޮކަމަށް ހުރި ގޮންޖެހުމެކެވެ. ރާއްޖޭގެ އެތަން މިތަނުން ޑޮކްޓަރަށް ދައްކަން މާލެ އައިސް ކިޔޫގައި ތިބެން ޖެހުމުން އެރައްޔިތުންނަށް […]