މާލޭ ސަރަހައްދު ބޮޑުވެ އަތްގުޅި ނުކާ ވަރުވެއްޖެއެވެ. މާލެ ސިޓީއާއި ހުޅުމާލޭ ސިޓީއާ ދެ ސިޓީ އެކުވެފައި ވާއިރު ދެ ސިޓީގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދޮޅުލައްކައަށް ވުރެ ގިނަމީހުން އެބަ ދިރިއުޅެއެވެ. ވެހިކަލް ނެތް މީހުން މަދެއްނޫނެވެ. ކުލީ ޓެކްސީތަކާއި ބަސްތަކުގެ ކުލި އޮތީ ރައްޔިތަކަށް ލިބޭ އާމްދަނީގެ ނިސްބަތުން އަތްނުފޯރާ ފަށުގައެވެ.
މިނީ ބަސްދަތުރުފެށުމުގެ ވަޢުދަކީ މިހާރުގެ ރައީސް ވެރިކަމާ ޙަވާލުވުމަށްފަހު 100 ދުވަހުގެ ތެރޭގައި ފުއްދަވާ ދެއްވަން ވިދާޅުވި އެއް ވަޢުދުވެސް މެއެވެ.
ހުޅުމާލެސިޓީގައި ދިރިއުޅޭ ރައްޔިތުންގެ %85 އިންސައްތަ ވަޒީފާ އަދާކުރަނީ މާލެސިޓީގައެވެ. ވަޒީފާއަށް ދާމީހާގެ އަތުން ކޮޅަކަށް -/20 ރުފިޔާ ޚަރަދު ވުމަކީ ލިބޭ އާމްދަނީގެ ނިސްބަތުން ފޫނުބެދޭ ވަރުގެ ގެއްލުމެކެވެ. މީގެ އިތުރުން މާލެސިޓީގެ ސްކޫލުތަކަށް ކުދިން ގެންދާ ބެލެނިވެރިންނަށް ވެސް ހޭދަކުރެވޭ ވަރުގެ މިންވަރެއް ނޫނެވެ.
ތަކެތީގެ އަގު ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ކޮޓަރި ކުލިވެސް ހަމަ އެފަދައެވެ. ރައްޔިތުންގެ މުސާރަ ބޮޑުނުވާއިރު އަސާސީ ޚިދުމަތުގެ އަގާއި ތަކެތީގެ އަގު ފަލަވަމުންދާ މިދުވަސްވަރު ރައްޔިތުމީހާ ކުރަން މަޖުބޫރުވާ ޒަރޫރީ ކަންކަން ނުކުރެވި އަނގަޔާއި އަތާ ދިމާނުވާ ހިސާބަށް ހިގައްޖެއެވެ.
އަނެއްކޮޅުން އިންޑިއާގެ ހާލަތު އޮތް ގޮތުން އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ގިނަބާވަތްތަކުގެ އަގުތައް ވެސް އެދަނީ ބޮޑު ކުރަމުންނެވެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ. ބޮޑުންނަށް މޮޅުގޮތެވެ. ނިކަމެތީންނަށް ދެރަ ގޮތެވެ. ވެރިކަމެއް ވައްޓާލުމަށްޓަކާ ރައްޔިތުން އިނދަޖައްސާލުމަށްވުރެ އަވަހަށް އެކަން ނުވޭނެ އެހެން ގޮތެއް މަދުވާނެއެވެ.
މިނީބަހުގެ ޚިދުމަތް ލިބޭ އިރު 5 ރުފިޔާ އަށް ވުރެ ބޮޑު ފީއެއް ނަގާނަމަ އޭގެ ސަބަބުން މާލީ ފުދުން ތެރިކަމަށް އަސަރު ކުރާނެ އެވެ. އަސާސީ ޚިދުމަތެއް ފޯރު ކޮށް ދެއްވާނަމަ އެޚިދުމަތް ވާންޖެހޭނީ ރައްޔިތުމީހާގެ އަތް ފޯރާ ވަރުގެ ޚިދުމަތަކަށެވެ.
ވަސީލަތްތައް ގިނަ މި ގައުމުގެ ރައްޔިތުން ޙާލުގައި އުޅެން މިޖެހެނީ ކީއްވެތޯ އެވެ؟ މިނީބަސް ދަތުރު ނުފެށި ލަސްވަމުން ދަނީ މިނީބަސް ރާއްޖެއަށް ގެނެވޭނެ އިގުތިސާދީ ފުދުންތެރިކަން ނެތިގެން ހެއްޔެވެ؟ ނޫންނަމަ ރައްޔިތުން ދަތި ޙާލުގައި ތިބުމުން ސަރުކާރުގެ އިސްވެރިންގެ ޝާނާއި ޝައުކަތު ކަތިލެވޭތީ ހެއްޔެވެ؟
މިހާރު މާލޭ ސަރަޙައްދުގައި ރައްޔިތުންނަށް ދެމުން އަންނަ ބަސްދަތުރުތަކުގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ނުރުރުހުން ސަރުކާރަށް އަމާޒުވާ ސަބަބެކެވެ. ގައުމަކުން ރައްޔިތުންނަށް ދޭ ހުރިހާ އަސާސީ ޚިދުމަތްތަކަކީ ބޮޑު އިންވެސްޓެއް ކޮށްގެން ދެވޭނެ ޚިދުމަތް ތަކެއްކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. އެހެނަސް ގައުމެއްގެ ހައިސިއްތުން ކުރާ މިފަދަ އިންވެސްޓް މެންޓުތަކަކީ ދިގު މުއްދަތަކުން ކަވަރު ކުރަން ޖެހޭ އެއްޗެއް ކަމުގައިވިޔަސް މިސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ދިޔަ ފެލާލައިގެން ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެކުރާ އިންވެސްޓްމެންޓް ކަވަރު ކުރުމަށެވެ. މިއީ ދުނިޔޭގެ އެހެނިހެން ގައުމުތަކުން ޢަމަލުކުރާ ގޮތެއްނޫނެވެ.
މިނީބަސް ގެނަޔަސް ނަގާ ފީއަށް ވާނީ މިކަހަލަގޮތެކެވެ. މިރާއްޖޭގައި މިގޮތަށް ޢަމަލު ކުރަނީ ބޮޑުންގެ ޖީބު ބޮޑުކުރުމުގެ ބޭނުމުގައި ނޫން ދެން އެހެން ކޮން ބޭނުމެއްގައި ހެއްޔެވެ؟
މިނީބަހުގެ ދަތުރު ފެށުމުން ޓެކްސީތައް ހުއްޓުމަކަށް އައުން ވަރަށް ގާތެވެ. އެހެންކަމުން މިނީބަހުގެ ދަތުރުފެށުން ލަސްކުރަނީ ކަމަށް ވެސް ބެލެވެއެވެ. ކަން މިހެން ހުރިނަމަވެސް މާލޭސަރަޙައްދުގައި އެއްގަމު އުޅަނދު ގިނަވުމުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ. މިނީބަހުގެ ދަތުރުތައް ފެށުމުން ޓެކްސީތަކަށް ރައްޔިތުން ނައަރާނެއެވެ. ކުޑަފީއަކުން ދަތުރު ކުރެވެން ފެށީމާ ޓެކްސީއަކަށް 25 ރުފިޔާ ދީގެން ދަތުރު ނުކުރާނެ ތާއެވެ! އެހެނަސް މިނީބަހުގެ ޚިދުމަތް ފެށުމުން މަގުމަތިއަމާންވެ ވެހިކަލްތަކުގެ މުސީބާތުން ރައްޔިތުން ސަލާމަތް ވާނެއެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
One Response
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެންދާ ކަމުގެ ޝަކުވާތައް ކުރާއިރު ދުލުކުރީގައި އޮންނާނީ އަބަދުވެސް ކޮޓަރި ކުލިބޮޑުވާހަކައެވެ. ތެދެކެވެ ! ކުއްޔަށްހިފާމީހާ އަބަދުވެސް އެދޭނީ ކޮޓަރީގެ ކުލި ކުޑަވުމަށެވެ. އެކަމަކު ހަގީގަތަށް ބަލާއިރު ކިތަންމެ ބޮޑު އުދަގުލަކާ ލައިގެން ދަރަނިވެރިވެގެން ހަދާކޮޓަރީގެ ކުލިވެސް ދަނީ މާރކެޓާއެއްގޮތަށް ބަދަލު ވަމުންނެވެ. މިދިޔަ ކޯވިޑްގެ އުނދަގޫ ދުވަސްތަކުގައިވެސް ކޮޓަރިތަކުގެ ކުލި އެތައްގޮތަކުން ލުއިކޮށްދީ އަދި ގިނަދުވަސްތަތަކަށް ހިލޭ ތިބެވޭގޮތް ހަދާދިން ކޮޓަރިވެރިން މަދެއްނޫނެވެ. ކޮޓަރި ކުއްޔަށްދެނީވެސް ދިރިއުޅެންކުރާ މަސައްކަތެއްގެ ގޮތުން ދަރަނިވެރިވެގެންނެވެ. ވިޔަފާރިވެރިންނަކާ ތަފާތެއްނެތެވެ. އެކަމަކު ކޮވިޑްގެ އެންމެ ނުރައްކާ ބޮޑުވި ދުވަހުވެސް ފިހާރަކުން އެއްޗެއް ހިލޭ ދިންވާހަކައެއް ނާހަމެވެ. ނޫނީ ހިލޭ ޓެކްސީ ދަތުރެއް ކޮށްދިންވާހަކަވެސް ނޫނީ މަސްމާރުކޭޓުން ހިލޭ މަސް ދިން ވާހަކައެއްވެސް ނުދައްކައެވެ. ލިއުންތެރިންވެސް ބޮޑުމަންޒަރު އެއްކޮށް ސިފަކޮށްދިނުން ރަނގަޅުވާނެއެވެ.