ތިނަދޫގެބިން ޢިލްމީނޫރުން ދިއްލާލަދެއްވި އަލިގަދަ ތަރި މަޝްހޫރު އަލްގޭ ބެއްޔާގެ ޒިކްރާ 

      ގދ. ތިނަދޫ މަޝްހޫރު އަލަގޭ މުޙައްދު ޢަލީ ތަކުރުފާނު (ޢަލަގެ މުޙައްމަދު ޢަލީ) އަލްގޭ ބެއްޔާއަކީ މުޅި ގދ.އަތޮޅުގެ އެތަކެއް ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އަޅުއްވާ ދެއްވި އަގުހުރި ބޭކަލެކެވެ.     ހަދާނާ ތާރީޚުގެ ތެރެއިން ވެސް އަލަގޭ ބެއްޔާ އަކީ ފަނޑު ވުމެއްނެތް ދާއިމަށްދެމިހުންނަނިވި އަގުހުރި ތަޢުލީމީ ޚިދުމަތްތަކެއް ފޯރުކޮށް ދެއްވި ބޭކަލެކެވެ.      އަލަގޭ ބެއްޔާއޭ ބުނުމުން އެއީ ކޮން ބޭކަލެއްކަން ނޭނގޭ އެއްވެސް މީހަކު މި ފަހަކާ ޖެހެންދެން މުޅި ހުވަދޫ އަތޮޅުގައި ވެސް […]

އިންޞާފުގެ ދަތުރު ކުރަމުންދިޔަ  އޮޑި ބެހިއްޖެ 

2018 ވަނަ އަހަރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މާލިމީ ކަމުގެ ދަށުން ފައްޓަން ރައްޔަތުންނަށް ވަޢުދުވެ ޢިއުލާނު ކުރެއްވި އިންޞާފުގެ ދަތުރު ކަންދިމާކުރި ގޮތުން ފެށުނީ އެމަނިކުފާނު ދެއްކެވި އެހެން މާލިމީ އަކު އެމްޑީޕީގެ އޮޑިއަށް ވެރިކޮށްގެންނެވެ.  އެމްޑީޕީގެ ”އިންސާފުގެ ދަތުރު“ އާއި  ޙަވާލު ކުރެއްވީ މުޅިން އާ މާލިމީއެކެވެ. އާދެ! ނަޝީދުގެ ކުޑައިރުގެ ޖިގިރީ ދޯސްތް އާއި އެވެ. އާ މާލިމީގެ ނިޔަތް ރަނގަޅު ނޫން ކަމުން އޮޑިޔާއިގެން ފަޅުވެރީން (ރައްޔަތުން) ދާން ބޭނުންވި އިންޞާފުގެ މަންޒިލް އަތުނުޖެހި އެމްޑީޕީގެ އޮޑި އެވަނީ ބެހިފައެވެ. ޙާލަތު ބަދަލުވެ ކުރިން ކުރެވުނު […]

ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމީ ލާއިންސާނީ ޢަމަލެއް!

ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރާ މީހުންގެ ޝަރީޢަތް ނުނިމެނީސް މަރުވެއްނަމަ އެޝަރީޢަތް ދެން ބައްލަވާނީއާޚިރަތުގެ ދަރުބާރުންތޯއެވެ؟ އަދި އެކަމުގެ ޒިންމާ އެ ދަރުބާރުގައި ދައުލަތުގެ ވެރިޔާ ނަގަން ނުޖެހޭނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟ މިއީ ސަރުކާރުތަކުން ކުރަމުން ގެންދާ ވަރަށް ލާއިންސާނީ ޢަމަލެކެވެ.  ވެރިކަން ނުލިބި އިދިކޮޅުގައި ތިބޭއިރު އެގޮތް ރަނގަޅެއް ނޫނެވެ. ވެރިކަން ލިބުމުން ކުރީސަރުކާރުން ކުރަމުން ގެންދިޔާ އޭރުކިޔަމުން ގެންދިޔަ އެތަކެއް ލާއިންސާނީ ޢަމަލުތައް ވަރަށް ރަނގަޅުކަމުގައި މިދެކެނީ ކީއްވެބާވައެވެ؟ ވަކި ބަޔަކު ނުވަތަ މީހަކު ކުރުމުން […]

 ހުޅުމާލޭގައި އޭޓީ އެމްގެ ޚިދުމަތް ފުޅާނުކުރަނީ ކީއްވެ؟ 

     ސަރުކާރުތަކުން މުޅި ރާއްޖެ ކަހާލައިގެން މީހުންގެނެސް ހުޅުމާލެ ވެސް ތޮއްޖައްސައިފިއެވެ. ބޭންކްއޮފް މޯލްޑިވް އެކަން ނޭނގެނީ އެތަން ހިންގަން ތިބިވެރީން ބޯގަމާރު ވީމާތޯއެވެ؟ ހުޅުމާލެސިޓީގައި ދޮޅުލައްކައެއްހާ ދިވެހިން ވަޒަންވެރި ކުރުވާފައި ވާއިރު އޭގެ އިތުރުން ލައްކައެއްހާ ބިދޭސީން ވެސް ހުޅުމާލޭގައި ދިރި އުޅެމުން އެބަދެއެވެ. މިހުރިހާ ފަރާތްތަކަށް ބޭންކިންގެ ޚިދުމަތް ދިނުމަށް ހުޅުމާލެ ސީޓީގައި ބަހައްޓާފައިވާ 3 އޭޓީ.އެމް ގައި ވަނީ ދިވެހި ރުފިޔާ ނެގޭ 6 މެޝިނެވެ. ހުޅުމާލޭގައި މީގެ އަހަރުތަކެއް ކުރިން މިދެންނެވި 6 މެޝިން ބެހެއްޓިފަހުން ހުޅުމާލެސިޓީ ތިންބުރަށް މީހުން […]

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތުވެސް  ކޮންޓްރޯލް ކުރަނީ ބިދޭސީން 

   ރާއްޖޭގެ ބިން ބޮޑެތި ދަނޑުވެރިކަމުން މަންފާ ލިބޭ ފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ބިދޭސީންނެވެ. މި މަސައްކަތް ބިދޭސީން ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ.  މިގޮތުން ލާމުއަތޮޅާއި އައްޑޫއާ ފުވައްމުލަކާ ކާށިދޫ އަދި ށ.އަތޮޅުގެ ބައެއް ރަށްތަކާ ތޮއްޑޫ ފަދަ ރަށްރަށުގެ ދަނޑުވެރިކަން އޮތީ ބިދޭސީގެ ބާރުގެ ދަށުގައެވެ. މާލޭ ދަތުރުވެރީންގެ މާރުކޭޓަށް ގެނެވޭ އެންމެހައި ދިވެހި ދަނޑުވެރި އުފެއްދުން ތަކަކީ ބިދޭސީން އުފައްދާ ތަކެއްޗެވެ.މާލެއަށް ދަނޑުވެރި ސާމާނު ސަޕްލައި ކުރަނީވެސް ބިދޭސީންނެވެ.      ބިދޭސީން ދަނޑުވެރިކަން […]

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ޢަދުލުއިންޞާފު 

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ޢަދުލުއިންޞާފު ކަށަވަރުވުމެވެ.  އެމްޑީޕީ ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންނާއެކު ފެށްޓެވި އިންޞާފުގެ ދަތުރުގެ މިސްރާބު އެޕާޓީ އަށް ވެރިކަން ލިބުމާއެކު ބަދަލުވެއްޖެއެވެ. މިއީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. ނުފޫޒާ ބާރުން އެއްކިބާވެފައިވާ މުސްތަގިއްލު މިނިވަން ފަނޑިޔާރުގެ އެއް ހޯދުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ނިމިދިޔަ ވެރިކަމުގެ ތެރެއިން ޢަދުލު އިންޞާފު ނުލިބި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރި ވަމުން ދިޔަ އެތަކެއް ސިޔާސީ ލީޑަރުން ޖަލު ގޮޅިތަކުގައި ބަންދު ކުރެވިފައިވާ ކަމަށް ގަބޫލުކުރުވި ރައްޔިތުން ނުކުމެ […]

 ހުޅުމާލެއިން ބުރިޖަށް ދާމަގުގެ        ރައްކާތެރިކަން ގެއްލެނީ

ހުޅުމާލޭގައި ދޮޅުލައްކައެއްހާ މީހުން ދިރިއުޅެމުން ދާއިރު %80 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ މާލޭގައެވެ. އަދި މާލެއިން ހުޅުމާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ ޢާއިލާތަކުގެ ބައެއް މެންބަރު ދިރިއުޅެނީ މާލޭގައެވެ. އެހެންކަމުން އާއިލާގެ ގާތަށް ގޮސް އައިސް އުޅޭ ފަރާތްތަކާއެވަޒީފާ އަށް ގޮސް އައިސް އުޅޭ އެންމެން ދަތުރުކުރަން އޮންނަނީ ހުޅުމާލެއިން ބުރިޖަށް ދާމަގެވެ. މިމަގަކީ ފިހާރަތަކާ ރެސްޓޯރަންތަކާއި ހޮޓާ ކެފޭ ފަދަ ވިޔާފާރި ކުރާ ގިނަ ތަންތަން ހިމެނޭ މަގެކެވެ.  އެހެން ކަމުން މިމަގުގެ ކާރޫބާރު މިހާރު ވަރަށް ބޮޑެވެ. މަގު […]

ރާއްޖޭގެ މަސަވެރިކަމުގެ ސިނާޢަތުވެސް ބިދޭސީންގެ އަތްމައްޗަށްގޮސް ނިމިއްޖެ!

ރާއްޖޭގޭ އިގްތިޞާދީ ނާރެހަކީ މަސްވެރިކަމުގެ ސިނާޢަތެވެ. ރާއްޖެއަށްމާތްރަސްކަލާންގެ މިންވަރު ކުރައްވާފައިވާ ކަނޑު ރޯދީގެ ސިނާޢަތު ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެ ކަމަށް ދެކެވެމުން އެދާ ވާހަކަތަކާމެދު ކޮންމެ ދިވެހިރައްޔިތަކު ފުންކޮށް ވިސްނާލަން ޖެހިއްޖެކަމަށް ދެކެމެވެ.  ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތް ތެރިވަމުން އަންނަ ގިނަ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖެ އައިސް ތިބި މީހުންކަން ލިބެމުންދާ މަޢުލޫމަތް ތަކުން އެނގެއެވެ. އެއީ އެއްވެސް މަސްދޯންޏަކަށް މަސަވެރިކަން ކުރުމުގެ ނަމުގައި ވާރކްޕާމިޓް ލިބިދީ ބިދޭސީން އެތެރެ ކޮށްފައި ނުވާތީއެވެ. މަސަވެރިކަމުގެ ގޮތުން އެންމެ ކުރިއަރާފައިވާ އަތޮޅުތަކުގެ ތެރޭގައި […]

ކުޑަކުދީންގެ މައްސަލަ ތައް ބޮއްސުން ލައި ދިޔައީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން

    ރާއްޖޭގެ ކުޑަކުދީން މައްސަލަތައް ބޮއްސުން ލުމުގެ ކުރިން ބޮއްސުން ލިޔަ ނުދިނުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކޮށް ތިބުމުގެ ސަބަބުން މިޖެނަރޭޝަނަށް ނިސްބަތްވާ ހުރިހާކުޑަކުދީންގެ މައްސަލަތައް ބޮއްސުންލައި ނިމިއްޖެއެވެ. ރާއްޖޭގައި މިހާރު މަދުރަސާތަކުން ތަޢްލީމު ޙާޞިލް ކުރާ ދަރިވަރުންގެ ތެރޭގައި ވަނީ ލަދުވެތިކަމާ އަޚުލާގީ ސިފަތަށް ނެތިގޮސްފައެވެ. އެހެންކަމާއެކު މިޖެނަރޭޝަނަށް ނިސްވާކުދީންގެ މައްސަލަތައް ޙައްލު ކުރެވޭވަރުގެ އެއްވެސް ގާބިލްކަމެއް މިސަރުކާރަކު ނެތެވެ.      ކުޑަކުދީންނަކީ ގައުމުގެ މާދަމާގެ މުސްތަގްބަލް ކަން ދެކެ ދެނެތިބެ މާދަމާގެ މުސްތަގްބަލް ފުނޑާލުމުގެ ޒިންމާ ޖުމްލަގޮތެއްގައި ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން […]

ޢިއްޒަތްތެރި ރައީސެވެ! ރައްޔިތުންގެ އަތުންނަގާ ވާރު އިތުރުވެ ދަރާވިކިއްޖެއެވެ.

ބާއްޖަވެރި ދުވަހަކަށް އެދި ވެދުން އަރިސްކޮށް ދަންނަވަމެވެ. ދައުލަތުގެ މާލީ ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުވެ، ރާއްޖެ ވިޔަވެތިވެ ދިރިއުޅުން ޖަޒީރާވެ، ބާއްޖަވެރި ތަނަވަސް ދިރިއުޅުމެއް ލިބުމަކީ ކޮންމެ ރައަޔިތަކަށް ލިބެންޖެހޭ ޙައްގެއްކަން ލިޔެވިގެން ވަނީ ފޮތުގައެވެ. ސުވާލަކީ އެވިދާޅުވި ދިރިއުޅުމުގެ ނަޞީބަށް ރައްޔިތުން އުންމީދު ކޮށްގެން ތިބެންވީ ކިހާދުވަހެއް ވަންދެން ތޯއެވެ؟ ރާއްޖެއަކީ އާބާދީ ގައި ކުދިބޮޑު، އަންހެން، ފިރިހެން، އަދި މުސްކުޅިންގެ 4 ލައްކައެއްހާ މީހުން ކިރިޔާ ހަމަވާ ބައެއް ދިރިއުޅޭ ގައުމެއް ނޫންތޯއެވެ؟ ބޭރުގެ ބޮދު އިންޓަރނޭޝަނަލް ކުންފުޏަކަށްވުރެ މީހުން މަދު ގައުމެއް ނޫންތޯއެވެ؟ ޢިއްޒަތްތެރި […]