އިގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރޫގެ ”ޕްރިންސް“ ގެ ލަގަބު އަތުލައިފި

އިގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރޫގެ ޝާހީ ކަމުގެ ލަގަބު ކަމުގައިވާ ”ޕްރިންސް“ މިނަން އަތުލާގޮތަށް ނިންމާފައިވާކަމަށް އިގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލަސް އިން އިއުލާން ކޮށްފިއެވެ. ބުރާސްފަތިދުވަހުގެރޭ ބަކިންހަމް ޕެލަސް އިން އާންމު ކުރި ބަޔާނެއްގައިވާ ގޮތުން ޕްރިންސް އެންޑްރޫ އަށް ދެން މުހާތަބް ކުރެވޭނީ އެންޑްރޫ މައުންޓް ބެޓަން ވިންޑްސަރ މިނަމުންނެވެ.މިފިޔަވަޅު އަޅާފައިވަނީ ވަރަށް ފުޅާދާއިރާއެއްގައި ފައިސާދީގެން އަންހެނުން ލައްވާ ފާޙިޝް އަމަލްތައް ހިންގަމުން އައި މަހުޖަނު ޖެފްރީ އެޕްސްޓެއިން އާއި ޕްރިންސް […]
ޑެލްހީގެ ވައި ނުސާފުވެ އާޓިފިޝަލް ވާރޭ ވެއްސަން ކުރި މަސައްކަތް ކާމިޔާބެއްނުވި

އިންޑިޔާގެ ވެރިރަށް ޑެލްހީގެ ވައި އާދަޔާޚިލާފަށް ނުސާފުވެފައިވާ މައްސަލަ ހައްލު ކުރުމަށް، ޚާއްސަ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އަމިއްލަޔަށް ވާރޭ ވެއްސަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މި ޓެކްނޮލޮޖީގެ ދަށުން އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ފަރާތުން އަންގާރަ ދުވަހު ވަނީ ކުދި މަތިންދާބޯޓު ބޭނުން ކޮށްގެން ވިލާތަކުގެ ތެރެޔަށް ޚާއްސަ މާއްދާއެއް ދޫކޮށްފައެވެ. މިގޮތަށް އާންމުކޮށް ދޫކުރާ ސިލްވަރ އަޔޮޑައިޑް އަދި ލޮނު ފުށް ތަކެއްގެ ވަށައިގެން ފެނުގެ ފަށަލައެއް އުފެދޭކަމަށްވެއެވެ. […]
ވަގުތު ޖެހުމުން

އާންމުކޮށް ސަލާން ޖަހައިގެން ކައިއުޅޭ އުމުރުން 10 އަހަރުގެ މިހީރު އަށް އެދުވަހު ތަންކޮޅެއް ދުރަށް ދެވުނީ އޭނާ ބަލަމުންދާ މުސްކުޅި ބާބާ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ އޭނާއަށް ދޭން ތަންކޮޅެއް ރަގަޅު ކާއެއްޗެއް ލިބޭތޯއެވެ. ހިނގަމުން ހިނގަމުން ގޮސް އޭނާއަށް ދެވުނީ ވަރަށް ބޮޑު ކައިވެނި ޕާޓީއެއް ބާއްވައިގެން އުޅޭ ތަނަކަށެވެ. މިހީރު ހަނދާން ހުންނަން ފެށީއްސުރެވެސް އުޅެނީ މުސްކުޅި ބާބާއަކާއި އެކު،ކޯރެއްގެ އައްސޭރީގައި ހުންނަ ވަރަށް ނިކަމެތި ޖިފުޑިއެއްގައެވެ.އޭނާގެ މައިން ބަފައިންނަކީ ކޮންބައެއްކަމެއް […]
ކްރޫޒް ޝިޕަކުން ނޭނގި ޖަޒީރާއެއްގައި ބަހައްޓާފައިދިޔަ މުސްކުޅި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް އަށް ދަތުރުކުރި ކްރޫޒް ޝިޕް އަކުން ނޭނގި އެތަނުގެ ޖަޒީރާއެއްގައި ބަހައްޓާފައި ދެވުނު އުމުރުން 80 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ލިޒަރޑް އައިލަންޑް ކިޔާ ޖަޒީރާ އަށް ބޯޓު މަޑުކުރުމުން ރަށުތެރެ ބަލަން އަންހެންމީހާ ވެސް ފޭބީ އެހެން ފަސިންޖަރުންގެ ގްރޫޕަކާއެކު ކަމަށްވެއެވެ. ނަމަވެސް ފަހުން ކޮންމެވެސް ސަބަބަކާހެދި ގްރޫޕާއި ވަކިވެފައިވާކަމަށް ވެއެވެ. ބޯޓު އޮތް ތަނުން ނައްޓާލީ ހޮނިހިރު ދުވަހު އިރު އޮއްސުމުންނެވެ. ނަމަވެސް އަންހެން މީހާ […]
ގަޑިއަކު 120 މޭލު ބާރުމިނުގެ ވަޔާއެކު ތޫފާން މެލިއްސާ ކިއުބާ އަށް އަރައިފި

ޖެމެއިކާއަށް ބޮޑެތި ގެއްލުން ތަކެއް ދިނުމަށްފަހު ތޫފާން މެލިއްސާ ކިއުބާއަށް އަރައިފިއެވެ. ތޫފާނުގެ ވައި ގަޑިއަކު 120މޭލުގެ ބާރު މިނުގައި ހުރިއިރު ލިބުނު ގެއްލުން ތައް ބޮޑުކަމުން ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ ހޮލްނަސް ވަނީ މުޅި އެސަރަހައްދަކީ ”ޑިޒާސްޓަރ“ ސަރަހައްދެއްގެ ގޮތުގައި އިއުލާން ކުރައްވާފައެވެ. ތޫފާންގެ ސަބަބުން ޖެމެއިކާ ގެ ހޮސްޕިޓަލްތައްވެސް ހިމެނޭހެން ވަރަށް ގިނަ ގެދޮރާއި އެހެން އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު ލިބުނު ގެއްލުމުގެ މިންވަރު ސާފުވާން އަދި ވަގުތު ނަގާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައި […]
ޝިންޒޯ އަބޭ އަވަހާރަކޮށްލިކަމަށް އެކަން ކުރިމީހާ އިއުތިރާފް ވެއްޖެ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލިކަމަށް އެކަންކުރި މީހާ އަމިއްލަބަހުން އިއުތިރާފް ވެއްޖެ އެވެ. ވެރިރަށް ޓޯކިޔޯގެ ކޯޓެއްގައި އަންގާރަ ދުވަހު ބޭއްވުނު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި، އަބޭ އަވާހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި އުމުރުން 45 އަހަރުގެ ޓެސޫޔާ ޔަމަގާމީ އަށް ދައުވާ އިއްވުމުން ބުނީ ”ތިޔައީ ހުސް ތެދު“ ކަމުގައެވެ. އަދި އެކަން ކުރިކަމަށް އިއުތިރާފް ވާ ކަމުގައެވެ.ޝިންޒޯ އަބޭ އަވަހާރަ ކޮށްލާފައިވަނީ ޖަޕާންގެ ނާރާ ސިޓީ ކިޔާ ތަނެއްގައި ކެމްޕެއިން […]
އުމުރުފުޅުން 92 އަހަރުގައި ރައީސް ކަމުގެ އިތުރު ދައުރަކަށް

ސެންޓްރަލް އެފްރިކާގެ ގައުމެއް ކަމަށްވާ ކެމަރޫންގެ ރައީސް ޕޯލް ބިޔާ އަނެއްކާ ވެސް ވެރިކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިއެވެ. އަށްވަނަ ދައުރަކަށް ހޮވަވަޑައިގެންފައިވާ އުމުރުން 92 އަހަރުގެ ބިޔާއަކީ މިހާރު ވެސް ދުނިޔޭގެ ރައީސުންގެ ތެރެއިން އެންމެ ދޮށީ ހެޑް އޮފް ސްޓޭޓް އެވެ.އޮކްޓޯބަރ 12 ވަނަ ދުވަހު ބޭއްވުނު އިންތިހާބަށްފަހު ހޯމަ ދުވަހު ނަތީޖާ އިއުލާން ކުރިއިރު ރައީސް ބިޔާ އަށް ވޯޓުގެ 53.7 އިންސައްތަ ލިބިވަޑައިގެންފައިވާ ކަމަށް އިއުލާން ކޮށްފައި ވެއެވެ. އޭނާޔާ އެންމެ […]
އިންޑިޔާ އާއި ޗައިނާ އާއި ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި

ޗައިނާ އާއި އިންޑިޔާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ރަގަޅުވާން ފެށުމާއި އެކު ސީދާ ދަތުރު ތައް އަލުން ފަށައިފިއެވެ. މިގޮތުން ބޭއްވި ފުރަތަމަ ދަތުރުގައި 180 ފަސިންޖަރުންނާއި އެކު އިންޑިގޯގެ ބޯޓެއް ހޯމަ ދުވަހު ކޮލްކަތާއިން ޗައިނާގެ ގުއަންގޒޫ އަށް ދަތުރު ކޮށްފައި ވެއެވެ. ޗައިނާއާއި އިންޑިޔާއާއި ދެމެދު ބާއްވަމުން އައި ސީދާ ދަތުރު ތައް ފުރަތަމަ މެދުކަނޑާލީ ކޮވިޑް ޕެންޑަމިކް ފެށުމާއި އެކު 2020ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ބޯޑަރު ސަރަހައްދުގައި ހަމަލާތަކެއް ބަދަލު […]
އަލްވަދާއު ކިއުމަށްފަހުވެސް ހިތުގައި ފަނޑުނުވެ ލޯބި އޮވެދާނެއެވެ.

އަހަރެންނާއި ސޭމް ކައިވެނިކުރީ ވަރަށް ބޮޑަށް ލޯބިވެގެން އުޅުމަށްފަހުއެވެ. ކައިވެންޏާހަމަޔަށް ދެވި އަހަރުމެން އުޅުނީ ވަރަށްވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. މިގޮތުގައި އުޅެމުން ދަނިކޮށް، އަހަރުމެންގެ ސޯޅަ އަހަރުގެ ފިރިހެން ދަރިފުޅު މަގުމަތީގެ އެކްސީޑެއްޓެއްގައި ކުއްލިއަކަށް މަރުވި ދުވަހު އަހަރެންގެ މިއުފާވެރި ދުނިޔެ ފުނޑުފުނޑު ވެގެން ދިޔައެވެ. ރޮމުން ރޮމުންގޮސް ކޮޅަށް ތެދުވެ ހުންނާނެހާވަރުވެސް އަހަރެންގެ ގަޔަކު ނުހުރެއެވެ. ގިނަވަގުތު ބާއްވާފައޮތީ ވެސް ބޭސްދީ ނިންދަވާފައެވެ. އެކަމަކު އަހަރެންގެ ފިރިމީހާ ސޭމް އެންމެ ކަރުނަ ތިއްކެއްވެސް އަޅާތީ […]
ޕާޓީ ބާއްވާތަނެއް ހަދަން ރިޔާސީ ގަޑުވަރު ވައިޓް ހައުސްގެ ބައެއް ޓްރަމްޕް ތަޅާލައިފި

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ޕާޓީ ބާއްވާ ބޮޑު ހޯލްއެއް(ބޯލްރޫމްއެއް) ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަމުރަށް ގަނޑުވަރުގެ އީސްޓަރން ވިންގް (އިރުމަތީފަޅިން ބައެއް) ތަޅަން ފަށައިފިއެވެ. 250 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހަދާ ބޯލްރޫމް ހެދުމުގެ މަސައްކަތް ރައީސް ޓްރަމްޕް ފައްޓަވާފައިވަނީ އެކަމަށް ބޭނުންވާ ރަސްމީ ހުއްދަތައް ހޯދުމެއް ނެތި ކަމަށް ޚަބަރުލިބެއެވެ. މިހަފްތާގައި ޕްރޮޖެކްޓް ކުރިޔަށް ދާނެކަން އާންމުވިއިރު ރައީސް ޓްރަމްޕް އަދި ވައިޓްހައުސްގެ އޮފިޝަލުންވެސް ވަނީ އެމަސައްކަތުގައި އެއްވެސް ތަނެއް […]