ސްރީލަންކާގެ ފައިނޭންސް މިނިސްޓްރީގެ ކޮމްޕިއުޓަރ ސިސްޓަމް ހެކް ކޮށްގެން 2.5މިލިއަން ޑޮލަރު ވަގަށް ނަގައިފި

Loading

Facebook
Twitter
WhatsApp

ސްރީލަންކާގައި ފައިނޭންސް މިނިސްޓްރީގެ ކޮމްޕިއުޓަރ ސިސްޓަމް ހެކް ކޮށްގެން 2.5މިލިއަން ޑޮލަރު ވަގަށް ނެގުމާއި ގުޅިގެން ޚާއްސަ ތަހްގީގުތަކެއް ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.


މި ފައިސާއަކީ އޮސްޓްރޭލިޔާއަށް ދައްކަން އޮތް ދަރަންޏެއް އަދާ ކުރުމަށް ބޭނުން ކުރި ފައިސާކަމަށް ވެއެވެ. އިދާރާތަކުން ބުނާ ގޮތުގައި މިވައްކަން ކޮށްފައިވާ ކަމަށް ބެލެވެނީ މިދިޔަ ޖަނަވަރީ މަހުއެވެ. މިކަމުގެ މާގިނަ ތަފްސީލެއް އަދި ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
ސްރީލަންކާގެ ފައިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ބުރާސްފަތި ދުވަހު މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ސްރީލަންކާއިން ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ދަރަނީގެ ފައިސާ ދައްކާފައި ވީނަމަވެސް ސަބަރ ޖަރީމާތައް ހިންގާފަރާތްތަކުން ސަރުކާރުގެ ސިސްޓަމް ތައް ހެކްކޮށް މިފައިސާވަނީ ދާންޖެހޭ އެކައުންޓް ފިޔަވާ އެހެން އެކައުންޓް ތަކަކަށް ފޮނުވާފައެވެ. އޭނާ ބުނި ގޮތުގައި މިތަހްގީގް ތަކާއި ގުޅިގެން ޕަބްލިކް ޑެޓް މެނޭޖްމަންޓް އޮފީހުގެ އިސް ހަތަރު އޮފިސަރުން މިހާރުވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި މިހާރު ސަރުކާރުން ގެންދަނީ ބޭރުގެ ލޯ އެންފޯސްމަންޓް އޭޖެންސީ ތަކުގެ އެހީތެރިކަން ހޯދަމުންނެވެ.
ހެކް ކުރާ ފަރާތްތަކުން މިފައިސާ ވަގަށް ނެގި ގޮތުގެ މާބޮޑު ތަފްސީލެއް އަދި ހާމައެއްނުވެއެވެ.ތަހްގީގު ކުރާފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އީމެއިލް މެދުވެރިކޮށް ސަރުކާރުން ބަދަލު ކުރަމުން އައި ފައިސާ ދެއްކުމާބެހޭ އެންގުންތައް،ސައިބަރ ކުށްވެރިން، ބަލާ އީމެއިލްތައް ބަދަލުވެސް ކޮށްފައިވާ ކަމުގައެވެ.
މިފައިސާ ދާންވީ ދިމާލަށް ނުދާ ކަން ހާމަވެފައިވަނީ އޮސްޓްރޭލިޔާގެ ކްރެޑިޓަރ ފައިސާ ނުލިބޭކަމަށް ބުނުމާއި ގުޅިގެންނެވެ.
ޑެޕިއުޓީ ފައިނޭންސް މިނިސްޓަރ އަނިލް ޖަޔަންތާ ފާނަންޑޯ ވިދާޅުވީ ސައިބަރ ވައްކަމުގެ ކަންތައް ހާމަވީ ބޭންކް އެކައުންޓްގެ ތަފްސީލްތައް ބަދަލުކޮށް، ސައިބަރ ކުށްވެރިން، ސަރުކާރުން އިންޑިޔާ އަށް ދައްކަން އޮތް ދަރަންޏެއްގެ ފައިސާވެސް ވަގަށް ނަގަން އުޅުމުންނެވެ.
ފައިސާގެ ކަންކަން ކޮންޓްރޯލް ކުރާ ނިޒާމްތައް ފޭއިލްވީ ކީއްވެގެންތޯ ތަހްގީގީ އިދާރާ ތަކުން ދަނީ ބަލަމުންނެވެ.އަދި ފައިސާ އަނބުރާ ހޯދޭނެ ގޮތެއް އޮތްތޯވެސް ދަނީ ބަލަމުންނެވެ.
ސްރީލަންކާ އަށް މި ކުރިމަތިވި ބޮޑު ސައިބަރ ވައްކަމަކީ،މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކުރިމަތިވެފައި އޮތް ބޭރު ފައިސާގެ ދަތިކަން އިތުރަށް ގޯސްވެދާނެ ބޮޑު ގޮންޖެހުމެކެވެ.
ސްރީލަންކާގެ ދަރަނީގެ މައްސަލަ ބޮޑުވެ،46ބިލިން ޑޮލަށް އަރާ ، މިފައިސާ ނުދެއްކި ޑިފޯޅްޓްވެސް ވެފައިވެއެވެ.
ބޭރުފައިސާ ދަތި ވުމުގެ ސަބަބަން ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް އެތެރެ ނުކުރެވި އާންމުންގެ ނަފްރަތު އިތުރުވެ އިހްތިޖާޖް ކުރުމުގެ ސަބަބުން ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ސަރުކާރުވަނީ 2022 ވަނަ އަހަރު ވެއްޓިފައެވެ.
ސްރީލަންކާގައި ސައިބަރ ސްކޭމް ތަކަށް ހޭލުން ތެރިކަން އިތުރު ކުރުމުގެ ޚާއްސަ ކެމްޕެއިން ތަކެއްވެސް މިއަހަރުގެ ކުރީކޮޅު ކުރިޔަށް ގެންގޮސްފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް