ކަރަންޓް ބިލު ބޮޑުވަނީ ކުރީސަރުކާރުގެ އިހުމާލުން ކަމަށް އާޒިމް ވިދާޅުވެއްޖެ

ކަރަންޓްބިލު ބޮޑުވަނީ ކުރީގެ ސަރުކާރުގެ އިހުމާލުންކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިމަހުގެ މާލޭގެ ކަރަންޓް ބިލުތަކަކީ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލުތަކެއްކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ނެވެ. އާޒިމް ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއްކަމަށާ އެއީ ކުރީ ސަރުކާރުގެ […]
މާލެސިޓީގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފްކުރަނީ

މާލެ ސިޓީގައި މީޓަރ ޕާކިންގ ސިސްޓަމް ތައާރަފްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީއަށް ދިމާވެފައިވާ ޕާކްކުރުމުގެ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މީޓަރު ޕާކިން ސިސްޓަމް ތައާރަފްކުރުމުގެ މަސައްކަތްކުރަމުންނެވެ. މީޓަރު ޕާކިން ސިސްޓަމަކީ ކަނޑައެޅޭ ވަކި އުސޫލަކުން މީޓަރަށް ފައިސާދެއްކުމަށްފަހު އެ ސަރަހައްދުގައި ޕާކް ކުރެވޭނެހެން އިންތިޒާމެއް ގާއިމު ކުރުމެވެ. މި ގޮތަށް ގާއިމް ކޮށްފައިވާ ސަރަހައްދުގައި ފައިސާ ދައްކަން ޖެހޭނީ ޕާކްކުރާ ވަގުތުތަކަށް ވަކިއަދަދެއް […]
މާލޭގައި މަސްކަނޑާނެ އިތުރުތަނެއް ހަދަނީ

މާލޭގައި މަސްކަނޑާނެ އިތުރުތަނެއް ހެނދުމުގެ މަސައްކަތް މާލެސިޓީކައުންސިލުން ފަށައިފިއެވެ. މާލޭ ދެކުނުފަރާތު ހެދުމަށް ނިންމާފައިވާ މި މަސްކަނޑާތަނާއި ފެނުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ސިޓީކައުންސިލުން ވަނީ އިއުލާނެއް ކޮށްފައެވެ. ސިޓީކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްކަނޑާތަނާއި ފެނުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އަމިއްލަ ތަކެތީގައި މިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަގު ހުށަހެޅުމަށެވެ. ކައުންސިލުން ބުނީ މި މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަމަހު 29ގައި އޮންނާނެ […]
އިނާޔާތްތައް ނުދީގެން ކާޑެއްދޫ އެއާޕޯޓްގެ މުއައްޒަފުންތަކެއް އިހުތިޖާޖު ކޮށްފި

ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ މުއައްޒަފުންނަށް އިނާޔަތްތައް ނުދީގެން ބައެއް މުއައްޒަފުން މިއަދު އިހުތިޖާޖް ކޮށްފި އެވެ. ކާޑެއްދޫ އެއާޕޯޓުން ވާހަކަދެއްކި މުއައްޒަފަކުބުނީ އެމީހުން އިހުތިޖާޖްކުރީ މުއައްޒަފުންނަށް ލިބެންޖެހޭ މުސާރަ ހަމައަށް ދީފައި ނުވާތިމަށެވެ. އަދި މުއައްޒަފުންލައްވާ އިތުރުގަޑީގައި މަސައްކަތްކުރުވާފަ އިތުރުގަޑީގެ ފައިސާވެސް ނުދޭކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މި މަހުގެ މުސާރަ ލިބުނުއިރުވެސް މުސާރައިން ލިބެންޖެހޭ ބޮޑުއަދަދެއް ލިބިފައި ނުވުމުން އެކަމާގުޅިގެން މެނޭޖްމަންޓާ ސުވާލުކުރުމުން އެދެވޭ ޖަވާބެއް އެފަރާތްތަކުން ނުދޭކަމަށެވެ. “ ސުވާލުކުރުމުން އެމީހުން […]
ފިހާރައަކުން ސެންޓު ފުޅިއެއްނަގައި އަގުނުދައްކައި ދާން އުޅުނު މީހަކަށް 18000 ރުފިޔާގެ ޖޫރިމަނާއެއް

ރެޑްވޭވް ފިހަރައަކުން ސެންޓްފުޅިއެއް ނަގައި އަގުނުދައްކައި ފިހާރައިން ނުކުންނަން އުޅުނު މީހަކަށް އަދަބެއްގެ ގޮތުގައި 18000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ މަށްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މަޖީދީމަގު ގަލޮޅު ދަނޑު ތިރީގައި ހިންގަމުންދާ ރެޑްވޭވް ފިހާރައިން އަރިސް ބްރޭންޑްގެ ސެންޓްފުޅިއެއް 25 ނޮވެމްބަރު 2017 ވަނަދުވަހު ނަގައި އޭނާ ލައިގެން ހުރި ޖިންސާއި […]
2023 ގައި އޮންނަ ރިއާސީ އިންތިހާބުގައި ކާމިޔާބުކުރާނީ އެމްއެންޕީން: ނާޒިމް

ކުރިއަތް އޮތް 2023 ވަނައަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރާނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން ކަމަށް އެޕާޓީ އުފެއްދުމުގެ އެންމެ އިސްކޮށްއުޅުއްވާ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. އެ ޕާޓީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބޭއްވި އިރު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށާ، ކުރިއަށް […]
އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ: ނާޒިމް

މޯލްޑިވްސް ނެޝަނެލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ ކަމެއް ނުކުރާނެ ކަމަށެވެ. ”ރާއްޖޭގައި […]
ނާސްތާ ޕްރޮގްރާމް ހުއްޓާލަން އުޅޭކަމަށް ދެކެވޭ ވާހަކަ އެޑިއުކޭޝަނުން ދޮގުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމް ހުއްޓާލުމަށް އުޅޭކަމަށް ބައެއް ނޫސްތަކުން ހަބަރުފަތުރާފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްގީގެ އޮފިޝަލަކު ވިދާޅުވީ ސްކޫލުތަކުގައި ކުރިއަށްގެންދަމުންދާ ނާސްތާ ޕްރޮގްރާމް ހުއްޓާލުމަށް އެމިނިސްޓްރީން ނިންމާފައިނުވާކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. ވިދާޅުވީ މި ކަމާގުޅޭ އިތުރުތަފްސީލް އެޑިއުކޭޝަނުން ވަރަށް އަވަހަށް ހިއްސާކުރާނެކަމަށެވެ. ނަމަވެސް އެއީ ކޮން އިރެއްގަ ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ. މިކަމާގުޅިގެން ބައެއް އޮންލައިން […]
ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށިފިކުރުގެ ހަރަކާތްތައް ހުއްޓުވުމަށް ނަޝީދު ގޮވާލައްވައިފި

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށެވެ. ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރަށް ބޯލަނބާ މީހުންނާއި […]
ކޮވިޑަށް ފަރުވާދޭ ތަންތަނަށް ގިނަ އަދަދެއްގެ ވަގުތީ ނަރުހުން ހޯދަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުނަށް ފަރުވާދޭ ފެސިލިޓީތަކަށް ވަގުތީ ގޮތުން މަސައްކަތްކުރާނެ ގިނަ އަދަދެއްގެ ރެޖިސްޓާޑް ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ. މި ކަމާގުޅިގެން އައިޖީއެމްއެޗުން ނެރުނު އިއުލާނެއްގައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަދި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ބޭނުންވާކަމަށެވެ. އެގޮތުން 36 ނަރުހުން ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެ އެވެ. އެއް އަހަރުދުވަހުގެ މުއްދަތަށް ހޯދާ މި ނަރުހުން […]