މާލޭގައި މަސްކަނޑާނެ އިތުރުތަނެއް ހަދަނީ

Loading

Facebook
Twitter
WhatsApp

 

މާލޭގައި މަސްކަނޑާނެ އިތުރުތަނެއް ހެނދުމުގެ މަސައްކަތް މާލެސިޓީކައުންސިލުން ފަށައިފިއެވެ.

މާލޭ ދެކުނުފަރާތު ހެދުމަށް ނިންމާފައިވާ މި މަސްކަނޑާތަނާއި ފެނުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ސިޓީކައުންސިލުން ވަނީ އިއުލާނެއް ކޮށްފައެވެ.

ސިޓީކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްކަނޑާތަނާއި ފެނުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އަމިއްލަ ތަކެތީގައި މިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަގު ހުށަހެޅުމަށެވެ.

ކައުންސިލުން ބުނީ މި މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަމަހު 29ގައި އޮންނާނެ ކަމަށާ، މި މަސައްކަތަށްއަގު ހުށަހަޅަން ޖެހޭނީ ސެޕްޓެމްބަރު މަހުގެ ނުވަނަވަނަ ދުވަހުގެ ކުރިން ކަމަށެވެ.

މާލޭ ދެކުނުފަރާތު މަސްކަނޑާތަނެއް ހެނދުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލުން ފަށާފައިވާއިރު، އެ ދަރަހައްދުގައި އޮޑީދޯނި ފަހަރުގައާއި ތޮށިމަތީގައިވެސް ބައެއް ފަރާތްތަކުން މަސްކަޑާ އުޅެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް