އިނާޔާތްތައް ނުދީގެން ކާޑެއްދޫ އެއާޕޯޓްގެ މުއައްޒަފުންތަކެއް އިހުތިޖާޖު ކޮށްފި

136

 

ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ މުއައްޒަފުންނަށް އިނާޔަތްތައް ނުދީގެން ބައެއް މުއައްޒަފުން މިއަދު އިހުތިޖާޖް ކޮށްފި އެވެ.

ކާޑެއްދޫ އެއާޕޯޓުން ވާހަކަދެއްކި މުއައްޒަފަކުބުނީ އެމީހުން އިހުތިޖާޖްކުރީ މުއައްޒަފުންނަށް ލިބެންޖެހޭ މުސާރަ ހަމައަށް ދީފައި ނުވާތިމަށެވެ. އަދި މުއައްޒަފުންލައްވާ އިތުރުގަޑީގައި މަސައްކަތްކުރުވާފަ އިތުރުގަޑީގެ ފައިސާވެސް ނުދޭކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މި މަހުގެ މުސާރަ ލިބުނުއިރުވެސް މުސާރައިން ލިބެންޖެހޭ ބޮޑުއަދަދެއް ލިބިފައި ނުވުމުން އެކަމާގުޅިގެން މެނޭޖްމަންޓާ ސުވާލުކުރުމުން އެދެވޭ ޖަވާބެއް އެފަރާތްތަކުން ނުދޭކަމަށެވެ.

” ސުވާލުކުރުމުން އެމީހުން މި ބުނަނީ ރީޖަނަލް އެއާޕޯޓުން ތަފްސީލް ދީފައެއް ނުވެޔޯ. ރީޖަނަލް އެއާޕޯޓްސް މިތަނާ ހަވާލުވިފަހުން މި ނޫންވަރެއްނުވޭ. ހަމަ މުސާރައެއް ނުލިބޭ”  މުއައްޒަފު ބުންޏެވެ.

“ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދީ މި ދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.

މި ކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް އަދި ނުލިބެއެވެ.

މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށްޓަކައި އުފެއްދި ކުންފުންޏެކެވެ.

1 ހިޔާލު

  1. Dhen thi mahsala aai Regional Airport ge baheh nulibeythe ekan balan anehkaa aneh kunfuni hadhan jeheyni. Ethah Minister aka CEO aka MD aka Excecutive Director aka Director General eh beynunvane. Sarukaaruga laari ebaoih bokoh.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ