އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ: ނާޒިމް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ނެޝަނެލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުރީގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ ކަމެއް ނުކުރާނެ ކަމަށެވެ.

”ރާއްޖޭގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ތިބުމުގެ ފުރުސަތެއް ނުދޭނަން،“ ނާޒިމް ވިދާޅުވި އެވެ.

ވިދާޅުވީ ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް އެހެން ގައުމަކަށް ނުދެއްވާނެ ކަމަށެވެ.

އެމްއެންޕީގެ ސިޔާސަތުތައް ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ މަގުމަށްޗަށްނުކުމެ ހަޅޭއްލަވާ މީހުންނަށް ފުރައްސާރަކުރާ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ނޫންކަމަށެވެ.

”އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ޕާޓީގެ ސިޔާސަތަކީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ މީހުންނަށް ފުރައްސާރަކޮށް ޑިޕްލޮމެޓިކް މިޝަންތަކާ ދެކޮޅަށް އަޑުގަދަ ކޮށް ފުރައްސާރަ ކުރުން ކަމަށް އަޅުގަނޑުމެން އެއަށްވުރެ މާބޮޑަށް ޑިޕްލޮމަސީ ބޭނުން ކުރަން ބޭނުން. އެ ޑިޕްލޮމަސީގެ ތެރެއިން އިރާދަކުރެއްވިއްޔާ ދިވެހިން ބޭނުންވާ ކަންކަން ކުރާނަން،“ ނާޒިމް ވިދާޅުވި އެވެ.

 

ނާޒިމް ވިދާޅުވީ ޕާޓީގެ ޕޮލިސީގެ ގޮތުގައި ”މޯލްޑިވްސް ފަސްޓް“ ކަނޑައަޅާނެ ކަމަށާއި އެއާއެކު ރާއްޖޭގައި ހަދާފައި ހުރި އެއްވެސް އެގްރިމެންޓެއް އެ ޕޮލިސީއާ ތައާރަޒުވާނަމަ ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް ބަދަލުކޮށް ނުވަތަ އެގޮތަށް އެކަން ނުވެއްޖެނަމަ އެގްރިމަންޓް ބާތިލު ކުރައްވާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމްވަނީ އަންނަ ރިޔާސީ އިންތިހާބަށް ވާދަކުރަން އެ ޕާޓީން ޕްރައިމަރީއެއް ބާއްވާ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަންވެސް އިއުލާންކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް